twitterviber whatsapp telegramfacebookyoutube instagram
1st May 2024

އާސަންދައިން 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ހެދޭގޮތަށް ހަދައިފި

ނަބީލާ އިސްމާޢީލް
Apr 1, 2024

އާސަންދަ ސްކީމުގެ ދަށުން އުމުރުން 35 އަހަރުން މަތީގެ މީހުން މެޑިކަލް ޗެކަޕް ހެދުން އަދި ސްކޫލުތަކުގެ ދަރިވަރުންނަށް ހާއްސަ ސްކޫލް ސްކްރީނިން ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް އާސަންދައިން ހަމަޖައްސައިފި އެވެ.

އާސަންދައިން ބުނީ މިއަދު ފެށިގެން އުމުރުން 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖް ތައާރަފްކޮށް ޗެކަޕް ހެދޭނެ ހަމަޖައްސައިފައިވާނެ ކަމަށެވެ.

އަދި މީގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާފައިވާ ގްރޭޑްތަކުގެ ސްކޫލް ދަރިވަރުން ހަދަން ޖެހޭ ހާއްސަ ޓެސްޓްތައްވެސް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް، އާސަންދަ ކުންފުނިން ވަނީ ހަމަޖައްސާފައިވާ ކަމަށެވެ. މި ސްކީމްގެދަށުން ޗެކްޕް ހެދޭނީ އުމުރުން 18 އަހަރުން ދަށުގެ ދަރިވަރުންނަށެވެ.

01 ޖަނަވަރީ 2024 ގައި ތައާރަފްކުރި މެޑިކަޕް ޗެކަޕް ޕެކޭޖް ތަންފީޒުކުރުމުގައި ދިމާވި ބައެއް ދަތިތަކަށް ރިއާޔަތްކޮށް އުމުރުފުރާތަކާއި ޕެކޭޖުތަކަށް ބައެއް ބަދަލުގެނެސްފައިވެ އެވެ. އެގޮތުން 19 އަހަރުންމަތީގެ އުމުރު ފުރާތަކަށް ހާއްސަ ކުރެވިފައިވާ އަސާސީ ޕެކޭޖްތަކަށް ބަދަލުގެނެސްފައިވާކަމަށް އާސަންދައިން މައުލޫމާތުދެ އެވެ.

އާސަންދައިން 01 އޭޕްރީލުން ފެށިގެން އިތުރުކުރެވޭ އުމުރު ފުރާއަކީ 35 އަހަރުން މަތީގެ އުމުރުފުރައިގެ އިތުރުން 40 އަހަރުން މަތީގެ އުމުރު ފުރާތަކަށް ހާއްސަކޮށް ދުރާލާ ކެންސަރު ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް އެކުލެވޭ ޕެކޭޖެކެވެ. ކެންސަރު ސްކްރީނިންގެ ޓެސްޓުތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާފައިވާ ޓެސްޓުތައް ފިޔަވާ، އެހެން ޓެސްޓްތައް ސްކީމްގެ ތެރެއިން އަހަރަކު އެއްފަހަރު ހެދޭނެއެވެ.

އަދި ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ކަނޑައަޅާފައިވާ ޓެސްޓުތައްވެސް ޑޮކްޓަރު ލަފާދެއްވައިފިނަމަ، ސްކީމްގެ ތެރެއިން ހެދޭނޭ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އާސަންދައިން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355