twitterviber whatsapp telegramfacebookyoutube instagram
1st May 2024

ބުލީކުރުމާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރަނީ

Apr 7, 2024

ބުލީކުރުމުގެ ނުބައިކަން އާންމުންނަށް ވިސްނައިދީ ހޭލުންތެރިކުރުވުމަށްޓަކައި ދީނީ ގޮތުން މަސައްކަތްތަކެއް ފައްޓަވާނެ ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ކުޑަކުދިން ބުލީކުރުމުން ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ހާއްސަ ޓާސްްކްފޯހުގެ މެންބަރެއްގެ ގޮތުގައި ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބުލީކުރުމުގެ މައްސަލައަކީ މިއަދު މުޖުތަމައުން ފެންނަ ނޭދެވޭ އަމަލަކަށްވާތީ ގައުމީ ފެންވަރުގައި ހޭލުންތެރިކަން އިތުރުކުރުމަށް ދީނީ ނަޒަރަކުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ގޮތުން ޚުތުބާތަކުގެ ޒަރިއްޔާއިންނާއި، ދީނީ އެކިއެކި ޕްރޮގްރާމްތަކާއި ފޯރަމްތަކާއި، ބެލެނިވެރިންނަށް ހިންގޭ ޕްރޮގްރާމްތަކާއި އަދި އެކިއެކި އުމުރުފުރާތަކަށް ބަހައިގެން ކުރިއަށް ގެންދެވޭ ތަރުބަވީ ޕްރޮގްރާމުތަކުގެ ތެރެއިން މިފަދަ ނޭދެވޭ ކަންކަން އަނިޔާތައް ތަކުރާރުވެ ނުދިއުމަށްޓަކައި މާތްﷲ އިރާދަކުރެއްވީއްޔާ ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން،" ޝަހީމް ވިދާޅުވި އެވެ.

ކުޑަކުދިން ބުލީކުރުމުން ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހާއްސަ ޓާސްްކްފޯހެއް އުފެއްދެވީ އއ. ރަސްދޫގައި ކުޑަކުއްޖަކަށް އަނިޔާކުރަމުން ދިޔަ ވީޑިއޯއެއް އާންމުވެ އެތައް ބަޔަކު އެކަމާ ދެކޮޅަށް އަޑުއުފުލުމާ ގުޅިގެންނެވެ.

ރަސްދޫގައި އަނިޔާކޮށްފައިވަނީ ޗުއްޓީއެއްގައި އެ ރަށަށް ގޮސް ހުރި އއ. މަތިވެރި ކުއްޖަކަށް މިސްކިތެއްގެ ފާހާނާ ތެރޭގައެވެ. މިކުއްޖާ އަނިޔާކޮށްފައިވަނީ އުމުރުން 13 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355