twitterviber whatsapp telegramfacebookyoutube instagram
15th July 2025
ADVERTISEMENT
ކަރަންޓް މައްސަަލާގައި ކުޅުދުއްފުށީގައި ކުރި މުޒާހަރާއެއްގެ ތެރެއިން އިންޖީނުގެ ކައިރިއަށް މީހުން އެއްވެފައި--

ކުޅުދުއްފުށީ ކަރަންޓް މައްސަލަ: ފިޔަވަޅު އަޅަން ޖެހޭ މުވައްޒަފުންނަށް ފިޔަވަޅު އަޅާނަން: ފެނަކަ

އަބްދުލް ވާހިދު ޙަސަން
Apr 15, 2024
4

ކުޅުދުއްފުށީ އިންޖީނުގޭގައި އިއްޔެ އާއި މިއަދު ހިންގި ހާދިސާތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ކަރަންޓް މެދުކެނޑޭތާ ދެ މަހަށްވާން އުޅެނިކޮށް އިއްޔެ އާ އިންޖީނެއް ބަހައްޓާ މައްސަލަ ހައްލުކުރިނަމަވެސް މެންދުރުގެ ވަގުތުގައި އިންޖީނުގޭގެ ކޭބަލެއްގައި ރޯވެ ކަރަންޓް ކެނޑުނެވެ. އަދި މިއަދު ހެނދުނު 9:30 ހާއިރު ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައި މުޅި ރަށުން ކަރަންޓްގެ ހިދުމަތް މެދުކެނޑުނެވެ.

މިއަދު 18:00 ހާއިރު އެ މައްސަލަ ހައްލުވާނެކަމަށް ފެނަކައިން ލަފާކުރެ އެވެ. ފެނަކައިގެ އިސް އޮފިޝަލަކު ކޭއޯއާ ވާހަކަދައްކަވަމުން ވިދާޅުވީ، މިހާތަނަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ދިމާވީ ކަނެކްޝަން ހެދުމުގެ ތެރޭގައި ކަމަށެވެ.

އޭނާ ވިދާޅުވީ، ފެނަކައިގެ ޒޯން މެނޭޖަރާއި ސްޓެލްކޯގެ ޓެކްނިކަލް ޓީމެއް ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދާ ކަމަށެވެ.

މި މައްސަލަތަކުގައި މުވައްޒަފުންގެ އިހުމާލެއްވޭތޯ ފެނަކަ އާއި ފުލުހުން ގުޅިގެން ތަހްގީގުކުރަމުންދާ ކަމަށާއި ތަހްގީގުކޮށް ނިމުމުން މުވައްޒަފުންގެ މައްސަލައެއް އުޅޭނަމަ ޖިނާއީ ތަހްގީގުވެސް ކުރާނެކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އެކަމާ ގުޅިގެން މަސްއޫލިއްޔަތުތަކުން އެކަހެރިކުރަންޖެހޭ މުވައްޒަފަކު ވާނަމަ އެކަންވެސް ކުރާނެ ކަމަށާއި އަދި ވަކިކުރަން ޖެހޭ މުވައްޒަފަކު ވާނަމަ އެކަންވެސް ކުރާނެކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި މައްސަލަތަކާ ގުޅިގެން ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި ބްރާންޗުގެ ހިންގުމަށްވެސް ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ.

ކުޅުދުއްފުށީ އިންޖީނުގޭގައި އިއްޔެ އާއި މިއަދު ހިންގި ހާދިސާތަކުގެ ފަހަތުގައި މުވައްޒަފުންގެ އިހްމާލުވާކަމުގެ އަޑުތައް އަންނަނީ ފެތުރެމުންނެވެ.

ނަން
ކޮމެންޓް
ބޭބެ
ދޮގުސަރުކާރު ފެއިލް ވީމަ ކޮންމެވެސް ބަޔަކުބޮލު އަޅުވަނީ ސަރުކާރެއްހިންގަން ގޮރުދޮންނަން ނޭގޭ މިނިސްޓަރުން ތަކެއްލީމަ ދެންބޯނީތެޔޮބިޑިތާ! ދެންތިބޭނީ ކަޓާފަދޯ؟ ކަން ނުވީމަ ކަނޑުގަ މަތިއޮއި އަޅާފަ ކަނޑުވާނީ ގަނރަނބު ދޯ ޙަޤީގަތުގަވެސް މިވަރުގެ ނާޤާބިލު ވެރިޔަކު ތާރީޚްގަވެސް މިރާއްޖެއަށް އަދިނާދޭ! ޤަވްމުހިނެގާނެ ގޮތް ދެކިބަލަ މަސްއޮޑި ގޭންގަށް ނިސްބަތްވާ ކިތަށްވަޒީރުން އެބަތިބިކަން ރޭކާ ލަނީ މިޤަވްމުގެ ކިތަށް މީހުނަށްބާ؟ ކީއްކުރާނީ މހާރު މިޤަވްމުމިއޮފތީކޮލަމްބިޔާ ފަދަ ތަނަކަށް ވެފަ ! 😓
ރ
ކަރަންޓް މައްސަލަ ޖެހޭނެ ވަރު ބަލާ. މޑޕ ގެ ބައްޕަ މެން ތިތާ.ޕެނަލް އަހަންމަދު .ސާދުނާ ގެ ފިރިކަލުން. އެނީޒާ މުހައްމަދު.
ޥވ
ތިޔަ ހަމަ sarukaaru ގޯސް ކުރަން kuraa ކަމެއް MDP ކުދިންނަށް ވޯޓު ގިނަވޭތޯ ބަލަން..... ސިޔާސީ ކަރަންޓް
ވާނުވާ
ގުރޭޑު4ކުން ޑިގުރީ ހަދާފަ ތިބި މެނޭޖަރުން ކިނަވީމަ ވާގޮތް އަދި ވަސް އިތުރު ކޮއްލާ😂🙈🙊
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com