twitterviber whatsapp telegramfacebookyoutube instagram
3rd July 2025

ކުޅުދުއްފުށީ ފެނަކަ ބްރާންޗް ހިންގުން އަލުން މަމްދޫހްއާ ހަވާލުކޮށްފި

އަބްދުލް ވާހިދު ޙަސަން
Apr 16, 2024
5

ކުޅުދުއްފުށީ ފެނަކަ ބުރާންޗް ހިންގުން އަލުން މަމްދޫހްއާ ހަވާލުކުރައްވައިފި އެވެ.

ކުރިންވެސް އެތަނުގެ މެނޭޖަރަކަށް ހުންނެވި މަމްދޫހް މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް އެތަނުގެ ހިންގުން ޑެޕިއުޓީ މެނޭޖަރު ސައީދުއާ ހަވާލުކުރެއްވީވެސް މި ސަރުކާރުގެ ކުރީކޮޅުގަ އެވެ.

އޭރު ފެނަކައިގެ ހުރިހާ ބުރާންޗްތަކެއްގެ މެނޭޖަރުން މަގާމުން އެކަހެރިކުރެއްވި އެވެ.

މަމްދޫހް ފެނަކައާ ގުޅިވަޑައިގެންނެވީ 2001 ވަނަ އަހަރު އެވެ. އޭނާ ކުޅުދުއްފުށީ ފެނަކަ ބްރާންޗުގެ މެނޭޖަރުކަމާ ހަވާލުވެއްލެވީ 2009 ވަނަ އަހަރު އެވެ. އޭރުން ފެށިގެން މިސަރުކާރާ ހަމައަށްވެސް އޭނާ ހުންނެވީ ސްޓޭޝަން މެނޭޖަރުގެ މަގާމުގަ އެވެ.

އަލުން އެތަނުގެ ހިންގުން މަމްދޫހްއާ ހަވާލުކޮށްފައިމިވަނީ އެތަނުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355