twitterviber whatsapp telegramfacebookyoutube instagram
5th May 2024

ޥޯޓްލުން ބަންދުވާން 15 މިނެޓަށް ވުރެއް ވަގުތު ކުޑަވެއްޖެ، ގިނަ މީހުން ވޯޓު ލައިފި

ނަބީލާ އިސްމާޢީލް
Apr 21, 2024

ވޯޓުލުން ބަންދުކުރަން 15 މިނެޓަށްވުރެއް ކުޑަތަންވެފައިވާއިރު ކުޅުދުއްފުށީ ދެ ދާއިރާއަށް ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ ތެރެއިން ގިނަ މީހުން ވޯޓުލައިފި އެވެ.

ކުޅުދުއްފުށީގައި 4:00 ޖެހުމާއި ހަމައަށް 4116 މީހުންނަށް ވުރެއް ގިނައިން ވަނީ ވޯޓުލައިފަ އެވެ. އެއީ ކުޅުދުއްފުށީގެ ފޮށިތަކަށް ވޯޓުލުމުގެ ހައްގުލިފައިވާ މީހުންގެ ތެރެއިން 50 އިންސައްތައަށް ވުރެ ބޮޑު އަދަދެކެވެ.

ކުޅުދުއްފުށީގައި މިއިންތިހާބުގައި 9 ވޯޓްފޮއްޓެއް ބެހެއްޓިފައިވާއިރު 1 ފޮށި ހާއްސަކޮށްފައިވަނީ ރަށުން ބޭރު މީހުންނަށެވެ. މިފަހަރު ކުޅުދުއްފުށީގައި ވޯޓްލުމުގެ ހައްގުލިބިފައިވާ 7073 މީހުން އެބަތިއްބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355