twitterviber whatsapp telegramfacebookyoutube instagram
4th May 2024

ވޯޓް ގުނަން ފަށައިފި

ނަބީލާ އިސްމާޢީލް
Apr 21, 2024

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށްޓަކައި މުޅި ރާއްޖޭގައި ބޭއްވި ވޯޓުލުމުގެ ވަގުތު ހަމަވެ، ކުޅުދުއްފުށީގައި ބަހައްޓާފައިވާ ވޯޓުފޮށިތައް ގުނަން ފަށައިފި އެވެ.

މުޅި ރައްޖޭގައި ބާއްވާ މި އިންތިހާބުގައި މަޖިލީހުގެ ޖުމުލަ 93 ދާއިރާއަކަށް މެންބަރުން ހޮވާނެއެވެ.

މި އިންތިހާބުގައި ކުޅުދުއްފުށީގައި ޖުމްލަ 9 ވޯޓުފޮށި ބެހެއްޓިފައިވާއިރު މީގެ ތެރެއިން 1 ފޮއްޓަކީ ރަށުން ބޭރު މީހުންނަށް ހާއްސަކުރެވިފައިވާ ވޯޓު ފޮއްޓެކެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 3559 މީހުންނަށެވެ. އަދި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 3514 މީހުންނަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355