twitterviber whatsapp telegramfacebookyoutube instagram
27th July 2024

އައިވީއެފް ފަރުވާއަށް އެދުމުގެ ފުރުސަތު އިތުރުކޮށްފި

May 15, 2024

ދަރިމައިވުމަށްޓަކައި ހޯދާ 'އައިވީއެފް'ގެ ފަރުވާ އަމިއްލަ ޚަރަދުގައި ކުރަން ދަތިވާ މީހުން ދައުލަތު އެހީއަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ކުރި އިއުލާނެއްގައި ބުނީ"އައިވީއެފް" ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ފޯމާއި ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑި 31 ޖުލައިގެ 14:00 ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އަދި މިއަދުގެ ނިޔަލަށް ފޯމާއި ލިޔެކިޔުންތައް ފުރިހަމަކޮށް، ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން "'އައިޔޫއައި" އަދި "އައިވީއެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު" ގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް އުސޫލުގައި ބަޔާންކުރެވިފައިވާގޮތަށް އެހީ ހަމަޖައްސައި ދެވޭނެ ކަމަށް ބުނެފައިވެއެވެ.

"އައިވީއެފް" ގެ ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް އެ އެޖެންސީ އަދި އާސަންދަ ކުންފުނީގެ ކައުންޓަރުތަކާއި، ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅާނީ، އަިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާގައި ގާއިމްކުރެވިފައިވާ މި އެޖެންސީގެ ކައުންޓަރުތަކަށެވެ. އަދި އީމެއިލް މެދުވެރިކޮށްނަމަ، [email protected] އަށް، ނުވަތަ ވައިބަރ މެދުވެރިކޮށްނަމަ 7291402 ނަންބަރަށް ވައިބަރ ކުރަން ޖެހެއެވެ.

އާސަންދަ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ފަސޭހަ ކަމާއިއެކު އޮންލައިންކޮށް ފޯމް ފުރިހަމަކޮށް ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.

"'އައިޔޫއައި" އަދި "އައިވީއެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު" އެ އެޖެންސީގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355