twitterviber whatsapp telegramfacebookyoutube instagram
8th September 2024

ކުރުނބާ އީދުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ނަބީލާ އިސްމާޢީލް
May 18, 2024

ކުޅުދުއްފުށީގައި ފަންނުވެރިންގެ ހުނަރު ދައްކާލާ ކުރުނބާ އީދުގެ މުބާރާތް މިއަހަރުވެސް ބާއްވަން ނިންމާ އެ މުބާރާތުގައި ބައިވެރިވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުޅުވާލި މުއްދަތު މިވަނީ އިތުރުކޮށްފަ އެވެ.

މުބާރާތުގެ 1 ވަނަ އަދި 2 ވަނަ އަށް ފައިސާގެ އިނާމު ހުށަހެޅިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުވަގުތަކީ އަންނަ އަންގާރަ ދުވަސްކަމަށް ސިޓީކައުންސިލުން ބުނެއެވެ.

އަންނަ އަޟްހާ އީދު ވިލޭރޭ (16 ޖޫން) ގައި ބާއްވަން ހަމަޖެހިފައިވާ މި މުބާރާތުން 1 ވަނަ ހޯދާ ފަރާތަށް 5000 ރުފިޔާ އަދި 2 ވަނަ ހޯދާ ފަރާތަށް 3000 ރުފިޔާ 3 ވަނަ ހޯދާ ފަރާތަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމު ސިޓީ ކައުންސިލުން ވަނީ ހުށަހަޅާފަ އެވެ.

މިކަން މުޅިން އުވި ގޮސްފައިވަނިކޮށް މުބާރާތެއްގެ ގޮތުގައި ކުރުނބާ އީދުގެ މުބާރާތް ސިޓީ ކައުންސިލުން ފެށީ 2022 ވަނަ އަހަރު އެވެ. އެ އަހަރު މުބާރާތުގައި ބައިވެރިވީ އެންމެ ދެ އީދުގެ ނަމަވެސް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް އެކަމަށް ލިބުނެވެ.

ކުރުނބާ އީދުގެއަކީ ކޮންމެ ބޮޑު އީދު ވިލޭރެއާ ދިމާކޮށް ގޭގައި އޮންނަ ހުސް ތަންކޮޅެއްގައި ހަދައި ކުޑަ ގެ އެކެވެ. މިފަދަ އީދުގެ ތައް އޭރު ހުންނަނީ މައްޗަށް އަށި އަޅާ އަށިމަތީގައި ކުނާ އަޅައި، މެދުގައި ވަސްމުޑިއެއް ޖަހައި ވަށާ ސާޅި އެލުވާފައި އެވެ. އަދި ކަރުދާސް ފޮއްޓެއްގައި ދިއްލުމަކާ އެކީ އަރަބިން އީދު މުބާރަކް ލިޔެފަ ހުރެ އެވެ.

ގޫގުލް ފޯމަކުން ބައިވެރިވާ ހުޅުވާލާފައިވާ މި މުބާރާތުގައި މާކްސް ދިނުމަށް ހަމަޖެހިފައިވަނީ ޖަޖުންގެ ޕެނަލުން ދޭ 70 އިންސައްތަށް މާކްސްގެ އިތުރުން މީސްމީޑިއާގެ ލައިކްސް އަދި ޝެއާއިން ލިބޭ 30 އިންސައްތަ މާކްސް އިން ކަމަ އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355