twitterviber whatsapp telegramfacebookyoutube instagram
16th April 2026

ބަންޑާރަގޯތިތަކާއި އެގޯތިތައް އިންވެގެން ހުރި މަގުތައް ސާފުކުރުމަށް އިލްތިމާސްކޮށްފި

އަބްދުލް ވާހިދު ޙަސަން
May 21, 2024
1

ކުޅުދުއްފުށީގައި ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކާއި އެގޯތިތަކާއި އިންވެގެން ހުރި މަގުތައް ސާފުކުރުމަށް އިލްތިމާސްކޮށްފި އެވެ.

ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ކުޅުދުއްފުށިން ދިރިއުޅުމަށް ދޫކުރެވިފައިވާ ބައެއް ގޯތިތަކާއި އެގޯތިތަކާއި އިންވެގެން ހުރި މަގުތައް ސާފުކޮށް ބަލަހައްޓަމުން ނުދާކަން އެ އިދާރާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ކުޅުދުއްފުށިން ދިރިއުޅުމަށްޓަކާ ބަންޑާރަގޯތި ދޫކުރުމުގެ ޝަރުތުތަކުގެ ތެރޭގައި ގޯތިތެރެއާއި ގޯއްޗާއި އިންވެގެން އޮންނަ މަގުތައް ކުނިކަހައި، ވިނަނޮޅާ ސާފުކޮށް ބަލަހައްޓަންވާނެކަމަށް ޝަރުތުކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރެވިފައިވާ ފަރާތްތަކުން، ގޯތި ދޫކުރެވުނުއިރު ކޮށްފައިވާ ޝަރުތުތަކާއެއްގޮތަށް ގޯތިތެރެއާއި ގޯއްޗާއި ގުޅިފައިވާ މަގުތައް ވިނަނޮޅާ ކުނިކަހައި ސާފުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ކުޅުދުއްފުށީގައި މީހުން ދިރިއުޅެން 2700 އަށްވުރެގިނަ ގޯތި ދޫކުރެވިފައިވާއިރު ގާތްގަނޑަކަށް 900 އެއްހާ ގޯތީގައި މީހުން ދިރިނޫޅެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355