twitterviber whatsapp telegramfacebookyoutube instagram
13th April 2026

ކުޅުދުއްފުށީގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނުތާ 12 ގަޑިއިރު

އަބްދުލް ވާހިދު ޙަސަން
May 23, 2024

ކުޅުދުއްފުށީގެ ބޮޑު ސަރަހައްދަކުން ކަރަންޓްގެ ކެނޑިފައި ހުންނަތާ 12 ގަޑިއިރަށްވުރެ ގިނަ އިރުވެއްޖެ އެވެ.

ރަށުގެ އިރު-ދެކުނު ސަރަހައްދުން ކަރަންޓްގެ ހިދުމަތް މެދުކެނޑުނީ މިއަދު މެންދަމު 3 ޖެހިއިރު 6 ނަމްބަރު ސަބްސްޓޭޝަންގެ ޓްރާންސްފޯމަރުގެ ސްވިޗް ހަލާކުވުމުގެ ސަބަބުންނެވެ.

މިއަދު މެންދުރުން އަނބުރާ ތިން ޖެހިއިރުވެސް އެ މައްސަލަ ހައްލުކުރެވިފައެއްނުވެ އެވެ. ކުޅުދުއްފުށީ ފެނަކައިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މައްސަލަ ޖެހުނު ސްވިޗްގިއަރ ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ އެ މައްސަލަ ހައްލުވިހާ އަވަހަކަށް ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދަކަށް އަލުން ކަރަންޓް ދެވޭނެ ކަމަށެވެ.

ފެނަކައިގެ އޮފިޝަލަކު ވިދާޅުވީ، ކަރަންޓް އަލުން ދޭން ފެށޭނެ ސީދާ ވަގުތެއް ނޭނގޭ ކަމަށާއި މަސައްކަތްކުރަމުންދަނީ ރޭގަނޑުވުމުގެ ކުރިން ކަރަންޓް ފޯރުކޮށްދެވޭތޯ ކަމަށެވެ.

އަދި ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން ބޭނުންކުރާ އިލެކްޓްރިކަލް ހުރިހާ ތަކެއްޗެއްގެ ސްވިޗް އޮފް ކޮށްފައި ބެހެއްޓުމަކީ ރައްކާތެރިކަމެއްކަމުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355