twitterviber whatsapp telegramfacebookyoutube instagram
1st June 2025

ހުވާކުރެއްވުމާއެކު ފަރުހަތު ދެއްވި ޔަގީންކަމަކީ އިހްލާސްތެރި މަސައްކަތްތަކެއްކުރައްވާނެކަން

އަބްދުލް ވާހިދު ޙަސަން
May 29, 2024
2

ކުޅުދުއްފުށީގެ ރައްޔިތުންގެ ހައްގުތައް އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ކަށަވަރުކޮށްދިނުމަށްޓަކާ އިހުލާސްތެރިކަމާއެކު މަސައްކަތްކުރާނެކަމުގެ ޔަގީންކަން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ފަރުހަތު މުހައްމަދު (ފަރޭ) ރައްޔިތުންނަށް ދެއްވައިފި އެވެ.

ރައްޔިތުން މަޖިލީހުގެ މެމްބަރުކަމުގެ ހުވައިކޮށް އިގްރާރުގައި ސޮއިކުރެއްވުމަށްފަހު ސޯޝަލް މީޑިއާގައި ފަރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެހާ މައްސަލަތައް ހައްލުކުރުމަށް މިއަދުން ފެށިގެން މަސައްކަތް ފަށާނެ ކަމަށެވެ.

"އަޅުގަނޑަށް އިތުބާރު ކުރައްވައި، ވޯޓު ދެއްވި އެންމެ ބޭފުޅުންނަށް އަދި ދާއިރާގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ޔަގީންކަން އަރުވަން ބޭނުން ވަނީ ދާއިރާގެ ރައްޔިތުންގެ ހައްގުތައް، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ކަށަވަރުކޮށްދިނުމަށްޓަކާ ވަރަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީން ކަމެވެ." ފަރޭ ވިދާޅުވި އެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމަށްޓަކާ ދޭން ޖެހޭ އެއްބާރުލުމާއި، ކުރަން ޖެހޭ އެންމެހާ މަސައްކަތް ކުރުމުގައި ސާބިތުވެ ހުންނާނެކަމުގައިވެސް ފަރޭ ވިދާޅުވި އެވެ.

ފަރޭ އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ ޓިކެޓްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355