twitterviber whatsapp telegramfacebookyoutube instagram
18th October 2024

ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ބައިނަލްއަގުވާމީ ކޭމްޕެއް ކުޅުދުއްފުށީގައި ބާއްވަނީ

ނަބީލާ އިސްމާޢީލް
Jun 4, 2024

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއަން ހައިކޮމިޝަން ގުޅިގެން، ބައިނަލްއަގުވާމީ މެންޓަލް ހެލްތް ކޭމްޕެއް ބާއްވަން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ މިމަހު 7 އަދި 8 ވަނަ ދުވަހު ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހެލްތް ކޭމްޕު ފެސިލިޓޭޓް ކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ނަން މަޝްހޫރު މެންޓަލް ހެލްތް ރިސާޗް އެންޑް ނޮލެޖް ޓްރާންސްލޭޝަން އޮރގަނައިޒޭޝަން އެއްކަމަށްވާ އޯރގެންއިން ކަމަށެވެ.

ރަށުގެ ކަމާ ބެހޭ އިދާރާތަކުގެ ފެންވަރުމަތިކުރުމާއި ނަފްސާނީ ބަލީގެ އަލާމާތް ކުރިއާލައި ދެނެގަތުމުގެ މަގުޝަދުގައި ސަޕޯޓް ގުރޫޕްތައް ހެދުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ކޭމްޕެކެވެ.

މި ކޭމްޕް ފެސިލިޓޭޓްކޮށްދެއްވާ އޮރގެންގެ ފެސިލިޓޭޓަރުގެ ތެރޭގައި ދުނިޔޭގެ ފެންވަރުގައި މެންޓަލް ހެލްތްގެ ދާއިރާއިން ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޕްރޮފެޝަރ ޕެޓް އެމްސީގޮރީ ވެސް ހިމެނޭ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން މި ފެށޭ ހަފުތާގެ ބަންދުގައި ގިނަ މުއައްސަސާތަކުގެ އެހީތެރިކަމާއެކު "މައިންޑްފެސްޓް"ގެ ނަމުގައި އާންމުކޮށް ހުޅުވާލައިގެން ނަފުސާނީ ދުޅަހެޔޮކަމާގުޅޭ މައުލޫމާތު ދިނުމުގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި މި ހަވީރުގައި މުއައްސަސާތަކުގެ ސްޓޯލްތައް ބެހެއްޓިފައި ހުންނާނެކަމަށް ކައުންސިލުން ބުނެ އެވެ.

ރަށްމަތިފަންނުގައި ބާއްވާ ހަވީރުގައި ކައިޓްސާފަރުންގެ ހުށަހެޅުންވެސް ފެނިގެންދާނެ އެވެ.

މި ހަރަކާތް އިފްތިތާހުކޮށްދެއްވުމަށް އޮސްޓްރޭލިއަން ހައިކޮމިޝަނަރ ޑޭވިޑް ޖެސެޕްގެ ދެކަނބަލުން ކުޅުދުއްފުއްޓަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355