twitterviber whatsapp telegramfacebookyoutube instagram
19th September 2024

އޯލެވެލްއާ ހަމައިން ތައުލީމީ ހަޔާތް ނިންމާނުލުމަށް ޑެޕިއުޓީ މޭޔަރު ނަސޭހަތެރިވެއްޖެ

އަބްދުލް ވާހިދު ޙަސަން
Jun 14, 2024
1

އޯލެވެލްއާ ހަމައިން ކިޔެވުމުގެ ހަޔާތް ނިންމާލުމަކީ ބަވަނަވަމުން މިދާ ދުނިޔޭގައި ކުރިއަށްދިޔުމަށް ކުރިމަތިވާނެ ގޮންޖެހުމެއްކަމަށާއި އޯލެވެލް ނިންމާލުމަކީ ތައުލީމީ ހަޔާތުގެ ކިޔެވުމުގެ އާ ބާބެއް ފެށުންކަމުގައި ހެދުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޑެޕިޢުޓީ މޭޔަރު އަލީ އަހުމަދު ދަރިވަރުންގެ ކިބައިން އެދިއްޖެ އެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އޭލެވެލް ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު އަލީ ވިދާޅުވީ، އޯލެވެލް ނިންމާލުމަކީ ކިޔެވުން ނިންމާލުން ކަމުގައި ނޫން ކަމަށެވެ. މިއީ ތައުލީމީ ހަޔާތް ފެށުމުގެ އާ ބާބެއްގެ ގޮތުގައި ހެދުމަށް ދަރިވަރުންގެ ކިބައިން އެދިލެއްވި އެވެ.

ގްރޭޑް ދިހައެއް ނިންމުމަށްފަހު އޭލެވެލްއާ ވަދެވޭވަރަށް ފާސްވެފައިވާ ދަރިވަރުން އޭލެވެލް ކިޔެވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައި ޑެޕިއުޓީ މޭޔަރު ވާހަކަދެއްކެވި އެވެ. އޭލެވެލްއަށް ނުކިޔެވޭ ދަރިވަރުންގެ ވެސް ތައުލީމީ ހަޔާތް މިހާ ހިސާބުން ނިންމާނުލައި ގަދަ އަޅާ މަސައްކަތްކުރުމަށާއި ކާމިޔާބީގެ ދަޅުގަނޑިއަކީ ގަދަ އަޅާ މަސައްކަތްކުރާ މީހުންގެ އެއްޗެއްކަން ޑެޕިއުޓީ މޭޔަރު ފާހަގަކުރެއްވި އެވެ.

އެ ސްކޫލްގެ 47 ދަރިވަރަކު ގުރޭޑް ދިހައެއް ނިންމާ ދަސްވެނިވި އެވެ. އެ ދަރިވަރުންނަށް ސެޓްފިކެޓާއި ޝޭސް ހަވާލުކޮށްދެއްވީ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދެވެ. މި ރަސްމިއްޔާތުގައި އެ ސްކޫލްގެ ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލްގެ އިތުރުން ޓީޗަރުންނާއި ބެލެނިވެރިން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355