twitterviber whatsapp telegramfacebookyoutube instagram
11th May 2026

މަލަކާ ގުރޫޕްގެ ކުރުފައްޔާއި ދަފި މިއަދު ހަވީރު

އަބްދުލް ވާހިދު ޙަސަން
Jun 16, 2024

މިއަހަރުގެ ވެސް ބޮޑުގެ ކުޅިވަރުތައް ވަރަށް ފޯރިއާއެކު ކުޅުދުއްފުށީގައި ފެށިންގެން ކުރިއަށްދާއިރު އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރު 'މަލަކާ' ގުރޫޕްގެ ސަގާފީ ފަރި ހަރަކާތްތައް ފެށިގެންދާނެ އެވެ.

މަލަކާ ގުރޫޕުން ބުނީ، މިއަހަރުވެސް އެ ގުރޫޕުގެ އީދު ހަރަކާތްތައް ފެށިގެންދާއިރު ކުރުފައްޔާއެކު ދަފި ނެގުމުގެ ހަރަކާތްތަކުންނެވެ. އެގޮތުން މިއަދު ހަވީރު 16:30 ގައި ބަންޑާރަމައިދާނުގައި ކުރުފަލި ޖެހުން އޮންނާނެ ކަމަށެވެ.

އެ ގުރޫޕުން ބުނީ ރަށުގެ އެކި ސަރަހައްދުތަކުގައި ދަފި ނެގުމުގެ ހަރަކާތް ކުރިއަށްދާއިރު ދަފި ނަގަން ބޭނުންވާ ފަރާތްތަކުން 9141450 އަށް ގުޅުމުން ވަގުތުން އޮންނަވަރަކުން ހަމަޖެހިގެންދާނެ ކަމަށެވެ.

މަލަކާ ގުރޫޕްގެ އިތުރުން ފިރިހެން ދަފި ގުރޫޕް 'ދަންމަރު' ގްރޫޕްވެސް ރަށުގެ އެކި ސަރަހައްދުތަކުގައި ދަފި ނަގާނެ އެވެ. އެ ގްރޫޕުން ބުނީ މިފަހަރު އީދުގައި މިހާރު ބުކިންތައް ފުލްވެފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355