twitterviber whatsapp telegramfacebookyoutube instagram
7th July 2024

ފެނިގެން ދަނީ ލާމަރުކަޒީ ނިޒާމު ފުނޑާލައި ރާއްޖެތެރޭގެ ރައްޔިތުން ނިކަމެތިކޮށްލުމަށް އަމާޒު ހިފާފައިވާ މަންޒަރު: އާސިފް

އަބްދުލް ވާހިދު ޙަސަން
Jul 3, 2024

މިއަދު ފެނިގެން ދަނީ ލާމަރުކަޒީ ނިޒާމު ފުނޑާލައި ރާއްޖެތެރޭގެ ރައްޔިތުން ބާކީކޮށް ނިކަމެތިކޮށްލުމަށް ސަރުކާރުން އަމާޒު ހިފާފައި މަންޒަރުކަމަށް ށ ފޯކައިދޫ ކައުންސިލްގެ ރައީސް އަހުމަދު އާސިފް ވިދާޅުވެއްޖެ އެވެ.

އާސިފް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިސަރުކާރަކީ މިއީ ލާމަރުކަޒީ ނިޒާމާ ބީރައްޓެހި، ބާރުތައް ބައްކުރަން ބޭނުންވާ މަރުކަޒީ ނިޒާމެއް ބޭނުންވާ ސަރުކާރެއް ކަމަށެވެ.

"މި ސަރުކާރު އައުމުގެ ކުރިން ފެށިގެންވެސް އަޅުގަނޑުމެން ކިޔަމުން މި އަންނަނީ މިއީ ލާމަރުކަޒީ ނިޒާމާ ބީރައްޓެހި ބާރުތައް ބައްކުރަން ބޭނުންވާ، މަރުކަޒީ ނިޒާމެއް ބޭނުންވާ ބައެކޭ. މިއަދު މި ފެންނަނީ މުޅި ނިޒާމް ފުނޑާލަން މަސައްކަތްކުރާ މަންޒަރު. ރާއްޖެތެރޭގެ ރައްޔިތުން ބާކީކޮށް ނިކަމެތިކޮށްލާނެ ނިޒާމަކަށް އަމާޒު ހިފާފައިވާތަން." ފޯކައިދޫ ކައުންސިލް ރައީސް

އާސިފް މިމޭރުމުން ވާހަކަދައްކަވާފައިވާއިރު ލާމަރުކަޒީ ގާނޫނަށް ބަދަލުގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަން ފަށާނެކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ. މި އިސްލާހްތައް ގެންނަނީ އެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ނަމުގަ އެވެ.

ކައުންސިލްތަކަކީ ދައުލަތުގެ ފަށަލަތަކުގެ ތެރެއިން ރައްޔިތުންނާ އެންމެ ގާތުން ހިދުމަތްކުރާ އިދާރާ އެވެ. ލާމަރުކަޒީ ނިޒާމާއެކު އަތޮޅުތެރޭގެ ރަށްތަކުގައި ކައުންސިލްތަކުގެ ލެވެލްގައި އުމްރާނީ ގިނަ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355