twitterviber whatsapp telegramfacebookyoutube instagram
17th October 2025

ދެ ނަމާދު ދޭތެރޭ މިސްކިތްތަކުގައި ހިލޭ ޤާރީ ކިލާސް ހިންގަން ފަށަނީ

ނަބީލާ އިސްމާޢީލް
Jul 17, 2024

މިސްކިތްތަކުގައި ދެ ނަމާދު ދޭތެރޭގައި ޤާރީ ކުލާސްތައް ހިންގަން މި ހަފުތާގެ ތެރޭގައި ހުއްދަ ދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ކުލާސްތައް ހިންގުމަށް މި ހަފުތާގެ ތެރޭގައި ހުއްދަ ދެވޭނެ ކަމަށާއި މި ކިލާސްތަކުގައި އިމާމުންނާއި ޤުރުއާން މުދައްރިސުންނަށް ހިލޭ ސާބަހަށް ޤުރުއާން ކިޔަވައިދީ ދަސްކޮށްދީ ހެދޭނެ ކަމަށެވެ.

އަދި، މި ކަމަށް ޝައުގުހުރި ފަރާތްތަކުން ފޯމު ހުށައެޅެމަށް ވެސް މި ހަފުތާގެ ތެރޭގައި ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކީރިތި ޤުރުއާނާ ބެހޭ ގައުމީ އާ މަރުކަޒެއްގެ އިމާރާތް ބިނާކުރުމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވާ ކަމަށް، ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވުނު ޖަލްސާގައި މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ދައުލަތުން ދޭ އިނާޔަތް މިހާރަށް ވުރެ ދެ ގުނަ ބޮޑުކުކުރުމަށް ނިންމަވާ އެކަން އިއުލާންކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355