twitterviber whatsapp telegramfacebookyoutube instagram
8th September 2024

އިސްލާމިކް މިނިސްޓްރީގެ މީޑިއާ މައުރަޒު ފަށައިފި

ނަބީލާ އިސްމާޢީލް
Jul 21, 2024

އިސްލާމިކް މިނިސްޓްރީގެ އެންމެ ފަހުގެ މައުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އެ މިނިސްޓްރީން މިއަދު 'މީޑީއާ މައުރަޒު' ހުޅުވައިފިއެވެ.

މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި މައުރަޒު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް އެވެ. މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި މައުރަޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ގައުމުގެ ރިޔާސަތާ ހަވާލުވެވަޑައިގަތްތާ އަށް މަސް ފުރޭ މުނާސަބަތާ ގުޅިގެން އެ މަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައިވާ ކަންތައްތަކުގެ ތެރެއިން އިސްލާމީ ދާއިރާއިން މިހައި ތަނަށް ހާސިލުކުރެވިފައިވާ ކަންކަން މީޑިއާއާ ހިއްސާކުރެއްވުމަށް ޓަކައި ބާއްވަވާ މައުރަޒެކެވެ.

މި މައުރަޒުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެކި ސެކްޝަންތަކާއި އިދާރާތަކުގެ ސްޓޯލްތައް ހުންނާނެއެވެ. މި ސްޓޯލްތަކުން އެ ސެކްޝަނުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތަފްސީލީ މައުލޫމާތު ލިބިލައްވާނެއެވެ.

މައުރަޒުގައި ހިމެނޭ ދާއިރާތައް:

1. ދިވެހިރާއްޖޭގެ ޒަކާތު ހައުސް
2. އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް
3. މޮސްކް މެނޭޖްމެންޓް ސެކްޝަން
4.ޕަބްލިކޭޝަން ޔުނިޓް އަދި ޙަލާލް ސެޓްފިކޭޝަން ޔުނިޓް
5.ޙައްޖާއި ޢުމްރާއާ ބެހޭ ޔުނިޓް
6.އިސްލާމިކް ދަޢުވާ
7.ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
8.މިނިސްޓަރ ބިއުރޯ
9.އައުޤާފް އެންޑް އިންފްރާސްޓަކްޗަރ

މި މައުރަޒު މިއަދު ހަވީރު 18:00 އަށް އަދި މާދަމާ ހެނދުނު 9:00 އިން ހަވީރު 18:00 އަށް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355