twitterviber whatsapp telegramfacebookyoutube instagram
18th October 2024

ގަވަރުނަރު ވަކިކުރުމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

ނަބީލާ އިސްމާޢީލް
Jul 21, 2024

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ވިދާޅުވެ، ހާޝިމް މަގާމުން ވަކިކުރައްވަން މި މަހުގެ އެއްވަނަ ދުވަހު މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. ކޮމިޓީން ވަނީ ޖަވާބުދާރީވާން ގަވަރުނަރަށް ތިން ފުރުސަތު ދީފައެވެ. އެކަމަކު، ގަވަރުނަރު ވަނީ ކޮމިޓީއަށް ހާޒިރުވާން އުޒުރުވެރިވެވަޑައިގެންފައެވެ.

ފަހު ފުރުސަތުގައި ވެސް ކޮމިޓީއަށް ހާޒިރުވާން އުޒުރުވެރިވެވަޑައިގަތުމުން ނާޒިމް ވަނީ އިތުރު ފުރުސަތެއް ދިނުމަކައިނުލާ ގަވަރުނަރު މަގާމުން ވަކިކުރަން ހުށަހަޅުއްވައިފައެވެ.

ނާޒިމް ވިދާޅުވީ ގައުމުގެ އިގްތިސާދު ހީނަރުވެގެން ދިޔައިރު އެމްއެމްއޭގެ ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ހާސިލުވެފައި ނެތް ކަމަށާއި މަނިޓަރީ ޕޮލިސީ އޭގެ އެންމެއެ އެކަށޭނެ ގޮތުގައި ހިނގަމުންދަތަން ނުފެންނަ ކަމަށެވެ.

މިދިޔަ ބުދަ ދުވަހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެވަޑައިގަތް ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ހާޝިމް މަގާމުން ވަކިކުރަން ރައީސަށް ލަފާދޭން ފާސްކޮށްފައެވެ. ގާނޫނުގައި އޮންނަ ގޮތުން ގަވަރުނަރު މަގާމަށް އައްޔަންކުރައްވާނީ ވެސް އަދި މަގާމުން ވަކިކުރާނީ ވެސް މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްުޔާއެވެ.

މާލީ ހާލަތު ރަނގަޅުކުރަން އެމްއެމްއޭއިން އިސް ނަގައިގެން ލަފައެއް ދީފައިނުވާ ކަމަށް ފައިނޭންސް މިނިސްޓްރީ ވެސް ވަނީ ބުނެފައެވެ. އެކަމަކު، މާލީ ހާލަތާ ގުޅޭ ގޮތުން ލަފާދެއްވައި ކަމަށާއި މި ހާލަތަށް ކަންކަން ވެއްޓުނީ ދެއްވި ލަފައާ އެއްގޮތަށް ސަރުކާރުން އަމަލުނުކުރުމުން ކަމަށް ވިދާޅުވެ، ހާޝިމް ވަނީ ކޮމިޓީއަށް ސިޓީއެއް ފޮނުއްވައިފައެވެ.

ހާޝިމް ވަނީ 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ. އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނުކުރީ 2019 ވަނަ އަހަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355