twitterviber whatsapp telegramfacebookyoutube instagram
18th October 2024

ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުން މާދަމާ ރޭ

ނަބީލާ އިސްމާޢީލް
Jul 22, 2024

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާގޮތަށް، ކުޅުދުއްފުށީ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބާއްވާ ބައްދަލުވުން މިމަހުގެ 23ގައި (މާދަމާރޭ) އޮންނާނެކަމަށް ސިޓީ ކައުންސިލުން އާންމުކޮށްފި އެވެ.

އެ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރައްޔިތުންނާ ބައްދަލުކުރުން އޮންނާނީ މާދަމާ ރޭގަނޑު 20:50 ގައި ނޮދަން އޮފީސް ކޮމްޕްލެކްސް އިމާރާތުގެ ހޯލުގައި ކަމަށެވެ.

މި ބައްދަލުވުމުގައި ކުޅުދުއްފުށީގެ ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ސިޓީ ކައުންސިލުން އެދެ އެވެ.

މި ބައްދަލުވުމުގައި ސިޓީ ކައުންސިލުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އަދި ކުރިއަށް ހިންގަން ރާވާފައިވާ މަޝްރޫއުތަކާއި މިހާރު ހިންގަމުންދާ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ދޭނެ އެވެ. އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.

ސިޓީ ކައުންސިލުން ފާހަގަކުރެވެނީ، ރައްޔިތުންނާއެކު ބާއްވަން ޖެހޭ އާންމު ބައްދަލުވުންތައް ބާއްވަމުން އަންނަ ކައުންސިލެއްގެ ގޮތުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355