twitterviber whatsapp telegramfacebookyoutube instagram
27th June 2026

ފެނަކަ ކުޅުދުއްފުށީ އޮފީހަށް މެނޭޖަރެއް ހަމަޖައްސަވައިފި

އަބްދުލް ވާހިދު ޙަސަން
Jul 30, 2024
1

ކުޅުދުއްފުށީ ފެނަކަ އޮފީހަށް އިތުރު މެނޭޖަރެއް ހަމަޖައްސައިފި އެވެ. އާ މެނޭޖަރެއްގެ ގޮތުގައި ހަމަޖެއްސީ އަހުމަދު މުހައްމަދު (ލައިޓޭ) އެވެ.

އާ މެނޭޖަރު ވަޒީފާއަށް ނުކުންނަވަން ފެއްޓެވީ މިދިޔަ ހަފުތާތެރޭގަ އެވެ. އެކައުންޓިންގ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ އަހުމަދަކީ ޗާޓާޑް އެކައުންޓަންޓެކެވެ. އޭނާ މީގެ ކުރިން މަސައްކަތްކުރެއްވީ މޯލްޑިވްސް ޕޮލިސް ސާރވިސް ގައި އާއި ފަތުރުވެރިކަމުގެ ދާއިރާގަ އެވެ.

އެގޮތުން ފުލުހުންގެ ހިދުމަތުގައި 9 އަހަރު މަސައްކަތްކުރެއްވި އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި 12 އަހަރު އޭނާ މަސައްކަތްކުރެއްވި އެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި އޭނާ ގިނައިން މަސައްކަތްކޮށްފައިވަނީ އިންޓަނޭޝަނަލް ޕްރޮޕަޓީސްތަކުގެ އެޗްއޯޑީ ލެވެލްގަ އެވެ. އެގޮތުން އަނަންތާރަ ކިހާވަތް ވިލާގެ އެސިސްޓެންޑް މެނޭޖަރުގެ މަގާމުވެސް އަހުމަދު ފުރުއްވި އެވެ.

އާ މެނޭޖަރާއެކު ފެނަކަ ކުޅުދުއްފުށީ އޮފީހުގައި ދެ މެނޭޖަރު ތިއްބަވާނެ އެވެ. ކުރިން ހުންނެވި މަމްދޫހްއަކީ މެނޭޖަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355