twitterviber whatsapp telegramfacebookyoutube instagram
9th June 2026

އާ ކައުންސިލަރު ހުވާކުރުން އާދިއްތަދުވަހު

ނަބީލާ އިސްމާޢީލް
Jul 26, 2024

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އިބުރާހިމް އަހުމަދު މަގާމުގެ ހުވާކުރުމުގެ ދަރުބާރު އަންނަ އާދިއްތަ ދުވަހު ބާއްވާގޮތަށް ހަމަޖެހިއްޖެ އެވެ.

އިބުރާހިމް އަހުމަދު ހުވާކުރުމުގެ ދަރުބާރު އޮންނާނީ އާދިއްތަދުވަހު ހެނދުނު 9:45 ގައި އެންއޯސީގެ ކޮންފަރެންސް ހޯލުގަ އެވެ.

އެމްޑީޕީގެ ކެންޑިޑޭޓަކާ ވާދަކުރައްވައި ޕީއެންސީގެ އިބުރާހިމް އަހުމަދު އިންތިހާބު ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުންނެވެ. އެގޮތުން އެމްޑީޕީގެ ކެންޑިޑޭޓަށް 196 ވޯޓް ލިބުނުއިރު އިބުރާހިމް ވަނީ 482 ވޯޓް ހޯދާފަ އެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ދާއޫދު، ރައްޔިތުން މަޖިލިހަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355