ޓޮޓީ ސްޕޯޓްސްއިން ބޭއްވި (ޓީސީ ކަޕް) ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޓާރފް ޓައިޓެންސް ޓީމުން ހޯދައިފި އެވެ.
އިއްޔެ ބޭއްވުނު ޓީސީ ކަޕްގެ ފައިނަލް މެޗުގައި ޓާރފް ޓައިޓެންސް ޗެމްޕިއަންކަން ހޯދާފައިވަނީ ލައިކްންސް އާއި ބައްދަލުކޮށް 3-1 އިންނެވެ.
ފައިނަލް މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޓާރފް ޓައިޓެންސްގެ ގޯލްކީޕަރ އަލީ ނައުފަލް އަބުދުﷲ އެވެ.
މި މުބާރާތުގެ ފައިނަލް މެޗުގެ ޝަރަފްވެރިކޮށްދެއްވާފައިވަނީ ރާއްޖޭގެ ފުރަތަމަ ޔޫއެފާ ސީ ކޯޗިންގ ލައިސަންސް ހާސިލްކޮށްފައިވާ އަލީ ވަހީދު (ބަލަކް) އެވެ.
18 އަހަރުން ދަށުގެ އެންމެ މޮޅު 5 ކުޅުންތެރިން:
- އާޔަން އަބުދުލް ރަޝީދު (ޕިންކް ޕެންތާސް)
- ހަސަން އިޝާމް އިބްރާހިމް (ސައިނައިޑް)
- ސައިފުއްދީން އަހުމަދު މޫސާ (ލައިކަންސް)
- އަހުމަދު ނާވީ އަބްދުﷲ (ސައިނައިޑް)
- އަހުމަދު ސާމީ މުހައްމަދު (ކުލަބު ޓީސީ)
މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ:
އަހުމަދު ހަސަން (ލައިކަންސް) އޭނާ ވަނީ މުބާރާޓުގައި 12 ގޯލް ޖަހާފައި.
އެންމެ މޮޅު ކީޕަރ:
އަލީ ނައުފަލް (ޓާރފް ޓައިޓެންސް)
މުޅި މުބާރާތުން އެންމެ މޮޅު 5 ކުޅުންތެރިން:
- އަހުމަދު މާޒިން މުސްތަފާ (ޓާރފް ޓައިޓެންސް)
- މުހައްމަދު އަބާން އަބުދުﷲ (ސައިނައިޑް)
- ނާޒިމް އަލީ (ބިއަރ ފޫޓް)
- އަހުމަދު ހަސަން (ލައިކަންސް)
- އަލީ ބައްސާމް އަބްދުއް ސަލާމް (ޓާރފް ޓައިޓެންސް)
ޒުވާން ފުޓްސަލް ކުޅުންތެރިންގެ ހުނަރު ދައްކާލަން ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ބާއްވަމުން އަންނަ މި މުބާރާތުގައި މިއަހަރު ވަނީ 10 ޓީމަކުން ބައިވެރިވެފަ އެވެ.
މި މުބާރާތް އިންތިޒާމު ކުރާ ފަރާތުން ބުނީ އަންނަ އަހަރުވެސް މި މުބާރާތް ބޭއްވޭނެ ކަމަށް އުންމީދު ކުރާކަމަށެވެ.