twitterviber whatsapp telegramfacebookyoutube instagram
16th April 2026

އާ ކައުންސިލަރު މަގާމުގެ ހުވާކުރައްވައި އިގްރާރުގައި ސޮއިކުރައްވައިފި

އަބްދުލް ވާހިދު ޙަސަން
Jul 28, 2024

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބައި - އިލެކްޝަން ކާމިޔާބުކުރެއްވި އިބުރާހިމް އަހުމަދު މަގާމުގެ ހުވާކުރައްވައި އިގްރާރުގައި ސޮއިކުރައްވައިފި އެވެ.

އެންއޯސީގެ ކޮންފަރެންސް ހޯލުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިބުރާހިމް އަހުމަދަށް ހުވާލައިދެއްވީ ހދ ޖުޑިޝަރީ ހިންގުމާ ވަގުތީގޮތުން ހަވާލުވެހުންނެވި މެޖިސްޓްރޭޓް އަލްއުސްތާޒް މުހައްމަދު އިސްމާއިލެވެ.

މި ރަސްމިއްޔާތުގައި އިބުރާހިމް އަހުމަދުގެ އާއިލާގެ ބޭފުޅުންނާއި ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދާއި ސިޓީ ކައުންސިލަރުންނާއި އަންހެން ކޮމެޓީގެ މެންބަރުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މީޑީއާގެ ދާއިރާގެ ގިނަ ދުވަހު މަސައްކަތްކުރެއްވި އިބުރާހިމް އަހުމަދު ބައި - އިލެކްޝަން ވާދަކުރެއްވި ޕީއެންސީގެ ޓިކެޓެއްގަ އެެވެ. އޭނާ އެ ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓަކާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ.

މޭޔަރާއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި 7 މެންބަރުން ތިއްބަވަ އެވެ. އިބުރާހިމް ފިޔަވާ އެހެން ހުރިހާ މެންބަރުންނަކީ އިދިކޮޅު އެމްޑީޕީގެ މެންބަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355