twitterviber whatsapp telegramfacebookyoutube instagram
9th August 2026

ހަނިމާދޫ އެއާޕޯޓްގެ ދެ މުވައްޒަފުން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިފި

ނަބީލާ އިސްމާޢީލް
Aug 3, 2024

ހދ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގަައި މަސައްކަތް ކުރާ ބިދޭސީ ދެ މުވައްޒަފުން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ އެއާޕޯޓްގެ ބިދޭސީ ދެ މުވައްޒަފުން ހަތިޔާރު ބޭނުންކޮށްގެން މާރާމަަރީ ހިންގި މައްސަލައެއް ރޭ 20:00 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށާއި މާރާމާރީގައި އަނިޔާވި މީހާއަށް ހަނިމާދޫ ހެލްތު ސެންޓަރުގައި ފަރުދާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށާއި މާރާމާރީގައި އަނިޔާ ލިބިފައިވަނީ 39 އަހަރުގެ އިންޑިއާ ފިރިހެނަކަށް ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެނގިފައިވާގޮތުގައި މި މާރާމާރީ ހިނގާފައިވަނީ އެ އެއާޕޯޓު ހަދަން އުޅޭ (ކޮންސްޓްރަކްޝަން) މަސައްކަތް ކުރަން އުޅޭ ޖޭއެމްސީ ދެ މުވައްޒަފެގެ ދެމެދުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355