twitterviber whatsapp telegramfacebookyoutube instagram
18th October 2024

ޑްރަގް ފަރުވާގެ ނިޒާމު ހަރުދަނާ ކުރަން ބަޖެޓުގައި އިތުރު 30 މިލިއަން ރުފިޔާ ހިމަނަނީ

ނަބީލާ އިސްމާޢީލް
Aug 18, 2024

ޑްރަގް ރީހެބިލިޓޭޝަން ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި އިތުރު 30 މިލިޔަން ރުފިޔާ ހިމަނަން ސަަރުކާރުން ނިންމައިފިއެވެ.

އެކަން އިއުލާނުކުރެއްވީ ނެޝަނަލް ޑްރަގް އޭޖެންސީގެ (އެންޑީއޭ) ޗެއާމަން އަދި ހޯމްލޭންޑުގެ ސްޓޭޓް މިނިސްޓަރު ލުބުނާ މުހައްމަދު ޒާހިރް ހުސައިން އެވެ.

ޑްރަގް ކޯޓުން ކޮށްފައިވާ ރީހެބިލިޓޭޝަން އަމުރުގެ ދަށުން ކާމިޔާބުކަމާއެކު ފަރުވާގެ ޕްރޮގުރާމު ފުރިހަމަ ކުރާ މީހުންގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށްޓަކައި ޑްރަގު ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ ހަފުލާ ޝަރަފްވެރިކޮށްދެއްވާފައިވަނީ ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑުގެ ޗެއާމަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ލުބްނާ މުހައްމަދު ޒާހިރު ހުސައިންއެވެ. މި ހަފުލާގައި ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމާއ،ި ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާއުއާއި އިތުރު ފަރާތްތައް ބައިވެރިވެ ވަޑައިގަތެވެ.

ރިހެބިލިޓޭޝަން ޕްރޮގްރާމް ނިންމި 419 މީހުންގެ އަގުވަޒަންކޮށް އެމީހުންނަށް ހިތްވަރު ދިނުމަށް ޑްރަގް ކޯޓުން ބޭއްވި ހަފްލާގައި ވާހަކަދައްކަމުން ލުބްނާ ވިދާޅުވީ ރީހެބިލިޓޭޝަން ފަރުވާއަށް ކުރަމުން އަންނަ ހޭދަ މި ސަރުކާރުން އިތުރުކުރަން ނިންމާފައިވާ ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި އެކަމަށް އިތުރު 30 މިލިޔަން ރުފިޔާ ހިމަނަން ނިންމާފައިވާ ކަމަށެވެ.

ލުބުނާ ވަނީ އެގޮތަށް ފަރުވާ ހޯދައިގެން މުޖުތަމައުއަށް ނުކުންނަ ޒުވާނުންނަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާގެ ފުރުސަތު ހުޅުވައިދީ އެކުދިންނަށް ފުރުސަތުތައް ހުޅުވައިދިނުމަށް އެދިވަޑައިގެންފައެވެ.

ރިހިބިލިޓޭޝަން ޕްރޮގްރާމްތައް އިންތިޒާމްކޮށްގެން ކުރިއަށް ގެންދަނީ އެންޑީއޭ އިން ކަމަށްވާއިރު، އެ ތަނުގެ ބަޖެޓުގެ ގޮތުގައި މިއަހަރު ހިމަނާފައިވަނީ 117 މިލިއަން ރުފިޔާ އެވެ.

މި ހަފުލާގައި ވާހަކަދައްކަވަމުން ޑްރަގް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު ވިދާޅުވީ، މަސްތުވާ ތަކެއްޗަށް ދެވިހިފުމުން އެކަމުން ސަލާމަތްވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި ސަލާމަތްވާން ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ. އެހެންކަމުން އެ ގޮންޖެހުންތައް ގިރާކޮށް ހިތްވަރާއެކު ޒިންމާދާރު މީހެއްގެ ގޮތުގައި މުޖުތަމައުއަށް ނުކުތުމުން އެންމެންވެސް ހިތްވަރުދީ އެއްބާރުލުން ދޭން ޖެހޭ ކަމަށް އިސްޤާޒީ ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ ޑްރަގް ކޯޓުގެ ނަމޫނާ މުވައްޒަފަށާއި ހާޒިރީއަށް އެންމެ ރަނގަޅު ފަރާތްތަކަށްވެސް މި ހަފުލާގައި އިނާމާއި ހަނދާނީ ލިޔުން ދީފައިވެއެވެ. މީގެ އިތުރުން ޑްރަގް ކޯޓަށް ކޮށްދެއްވާފައިވާ ހިދުމަތްތަކަށް، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރައްވާ އާންމު ފަރާތެއް ކަމުގައިވާ އަލީ އަދީބަށް ވެސް މި ހަފުލާގައި ހަނދާނީ ފިލާ ދީފައިވެއެވެ.

މީގެ އިތުރުން، ޑްްރަގް ކޯޓަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރައްވާ އާންމު ފަރާތެއް ކަމުގައިވާ އަލީ އަދީބަށް ވެސް މި ހަފުލާގައި ހަނދާނީ ފިލައެއް އެރުވުނެވެ.

ޑްރަގް ކޯޓުގެ މަސައްކަތްތައް އާންމުންނަށް އަންގައިދީ ހޭލުންތެރިކުރުވުމަށް ކޯޓުގެ ޔޫޓިއުބު ޗެނަލެއް ވެސް މި ހަފުލާގައި ވަނީ އިފުތިތާހު ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355