twitterviber whatsapp telegramfacebookyoutube instagram
17th September 2024

ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނަށް ހިތްވަރުދިނުމުގެ ގޮތުން އުމުރާ ދަތުރެއް

Aug 28, 2024

ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތައް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު އިފްތިތާޙުކޮށް، ޢުމްރާއަށް ފޮނުވާ ފުރަތަމަ ޙާފިޒަށް އެކަމުގެ ލިޔުން އަރުވައިފިއެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން ޢުމްރާ ދަތުރުގެ ފުރުސަތު އަރުވާފައިވަނީ އަލްޙާފިޡް އަލީ ރަޢީފުއަށެވެ. އަލްޙާފިޡް އަލީ ރަޢީފުއަށް ލިޔުން ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ 

އެކަމަށްޓަކާ މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މިއަދު މި މަޝްރޫއު ލޯންޗުކުރެވި ޢުމްރާ ދަތުރު އެރުވިފައިމިވަނީ ވަރަށް ހާއްސަ ޙާފިޡެއްކަމަށާއި، އަލްޙާފިޡް އަލީ ރަޢީފުއަކީ އެއްވަނަ ދަރަޖައިގައި ޤުރުއާނުގެ އާޔަތްތަކުގެ ނަމްބަރާއެކު ހިތުދަސްކޮށްފައިވާ ޙާފިޡެއްްކަމަށެވެ.

އަދި މިކަމަށްޓަކައި ރަޢީފްއަށާއި ރަޢީފްގެ މައިންގަފައިންނަށް ތަހުނިޔާއާއި މަރުހަބާ ދަންނަވާކަމަށެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދީލަތި ފަރާތްތަކުގެ އެހީތެރިކަމާއެކުކަމަށާއި މިކަމަކީ ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ހިއްވަރު ދިނުމުގެ ގޮތުން ކުރައްވާކަމެއްކަމަށެވެ. 

ޤުރުއާން ހިތުދަސް ކުރާ ފަރާތްތަކަށް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢުއެއް ފެށުމަށް ހަމަޖެހިފައިވާކަން ވަޒީރު އިއިލާން ކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355