twitterviber whatsapp telegramfacebookyoutube instagram
29th July 2026

ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުން އާންމު ވިޔަފާރިއަށް ދެ ބިން ކުއްޔަށް ދެނީ

Aug 28, 2024

ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުން އާންމު ވިޔަފާރިއަށް ދެ ބިން ކުއްޔަށް ދިނުމަށް ހުޅުވާލައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ، އުތުރު ބަނދަރު ސަރަހައްދުން އާންމު ވިޔަފާރިއަށް 1500 އަކަފޫޓްގެ ދެ ބިން 25 އަހަރަށް ކުއްޔަށް ދިނުމަށް ބިޑް ހުޅުވާލާފައިވާ ކަމަށެވެ.

މި ދެ ބިމަށް ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ ސެޕްޓެމްބަރުމަހުގެ އެއްވަނަ ދުވަހުގެ 10:30 ގެ ކުރިންނެވެ. އަންދާސީ ހިސާބު ހުށަހަޅާނީ 2 ސެޕްޓެމްބަރުވާ ހޯމަ ދުވަހުގެ 10:30 ގަ އެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ ސިޓީ ކައުންސިލުގެ 6527177 / 6527182 / 6527192 ނަމްބަރަށެވެ.

މި މަސައްކަތާ ބެހޭ ހުރިހާ ލިޔެކިޔުންތަކާއި ސޮޕްޓްކޮޕީ ޕޯމެޓްގައި އެ ކައުންސިލްގެ ވެބްސައިޓް 12 އޯގަސްޓުން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355