twitterviber whatsapp telegramfacebookyoutube instagram
27th August 2026

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް ރާއްޖެ ވަޑައިގެންފި

ނަބީލާ އިސްމާޢީލް
Aug 29, 2024

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހު އެނބުރި މާލެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ރޭ ގައުމަށް އެނބުރި ވަޑައިގެންފައިވާ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ރައީސް ސިންގަޕޫރަށް ފުރާވަޑައިގަތީ، ވެރިކަންކުރާ ޕީއެންސީގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު މިމަހުގެ 26 ވަނަ ދުވަހުއެވެ.

އެ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ސިންގަޕޫރަށް ވަޑައިގަންނަވަނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކުރެއްވި ސާޖަރީއަކާ ގުޅިގެން ހެލްތު ޗެކަޕެއް ހެއްދެވުމަށް ކަމަށެވެ. އަދި އެ މަނިކުފާނުގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން މިފަހުން ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވާހަކަތަކުގެ ހަގީގަތް ވެސް އެ ޖަލްސާގައި އެ މަނިކުފާނު ހާމަކުރެއްވިއެވެ.

މީގެ ކުރިން ވެސް ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355