twitterviber whatsapp telegramfacebookyoutube instagram
19th September 2024

އުމްރާއަށް ފޮނުވާ ދެވަނަ ހާފިޒަކަށް އާސިރު އާރިފް ޔޫސުފް

ނަބީލާ އިސްމާޢީލް
Sep 10, 2024

ހާފިޒުން އުމްރާއަށް ފޮނުވުމަށް އިސްލާމިކް މިނިސްޓްރީން ފަށާފައިވާ މަޝްރޫއުގެ ދަށުން އުމްރާއަށް ފޮނުވާ ދެވަނަ ހާފިޒަކަށް ޅ. ނައިފަރު ބަށިމާގެ، އަލްހާފިޒް އާސިރު އާރިފް ޔޫސުފް ހަމަޖައްސައިފިއެވެ.

އަލްހާފިޒް އާސިރު އާރިފް ޔޫސުފަށް މި ފުރުސަތު ދިނުމަށް ހަމަޖެހިފައިވާކަން އިއުލާންކުރެއްވީ އިސްލާމިކް މިނިސްޓްރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މި މަޝްރޫއުގެ ދަށުން އުމްރާއަށް ފޮނުވާ ފުރަތަމަ ހާފިޒަކީ، އަލްހާފިޒް އަލީ ރައީފްއެވެ. ރަޢީފަށްވަނީ މިކަމުގެ ލިޔުންވެސް އަރުވާފައެވެ.

ގުރުއާން ހިތުދަސް ކުރާ ހާފިޒުން އުމްރާއަށް ފޮނުވުމުގެ މަޝްރޫއުއެއް ފައްޓަވާންމަށް ހަމަޖެހިފައިވާކަން މިނިސްޓަރު އިއުލާނުކުރެއްވީ ކީރިތި ގުރުއާން ކިޔެވުމުގެ 36ވަނަ ގަޤައުމީ މުބާރާތުގެ ނިންމުން ފާހަގަކުރެއްވުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ގުރުއާން ހިތުދަސްކުރާ ހާފިޒުން އުމްރާއަށް ފޮނުވުމުގެ މަޝްރޫއު ފެއްޓެވުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ގުރުއާން ހިތުދަސްކުރުމަކީ ވަރަށް ބޮޑު އަދި ވަރަށް މާތް ކަމެއްކަމަށާއި ހިފްޒުކުރާ ކުދީން އުމްރާއަށް ފޮނުވުމަކީ ހިތްވަރުދިނުމުގެ ގޮތުން ކުރައްވާ ކަމެއްކަމަށެވެ.

އަދި ކަމަށް ހަރަދުކުރާނީ އެކި ފަރާތްތަކުން ލިބޭ ދީލަތި އެހީތެރިކަމުގެ ތެރެއިންކަމަށާއި މި ފަދަ ކަންކަމުގައި މުޖުތުމައުގެ ވީހައި ގިނަ ބަޔަކު ބައިވެރިވުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝިއާރުތައް ދެމެހެއްޓުމަށްޓަކައި އަދި ގުރުއާން ހިތުދަސްކުރާ ޖީލެެއް ބިނާ ކުރުމަށް ޓަކައި ވަރަށް ބޭނުންތެރި އެހައިމެ މުހިންމު ކަމެއްކަމަށެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355