twitterviber whatsapp telegramfacebookyoutube instagram
19th September 2024

ކުޅުދުއްފުށީ އިންޖީނުގެ އިމާރާތްކުރުމުގައި އުޅޭ 35 ކޮންޓްރެކްޓް މުވައްޒަފުން ދޫކޮށްލައިފި

- ކޮންޓްރެކްޓް މި މުވައްޒަފުން ދޫކޮށްލަން ފެނަކައިން ނިންމި މިއީ ތިންވަނަ ފަހަރު.

އަބްދުލް ވާހިދު ޙަސަން
Sep 18, 2024
2

ކުޅުދުއްފުށީ އާ އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތުގައި އުޅޭ 35 މުވައްޒަފުން ފެނަކައިން ކޯޕަރޭޝަނުން ދޫކޮށްލައިފި އެވެ.

އެ މުވައްޒަފުން ވަޒީފާއިން ދޫކޮށްލާފައިވާކަން އަންގާ ފެނަކައިން ފޮނުވި ލިޔުމުގައި ވަނީ ކުންފުނިން ހިންގަމުން އައި އިންހައުސް އިންޖީނުގެ އަދި އޮފީސް އިމާރާތްކުރުމުގެ ޕްރޮޖެކްޓްތަކަކީ ނުހަނު ހަރަދު ބޮޑުކޮށް ގެއްލުމުގައި ގެންގޮސްފައިވާ ޕްރޮޖެކްޓްތަކެއް ކަމަށެވެ.

އެހެންވުމުން ހަރަދު ކުޑަ މޮޑެލްއަކަށް ޕްރޮޖެކްޓްތައް ކުރިއަށްގެންދިޔުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާތީ މާދަމާ އިން ފެށިގެން ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ދޫކޮށްލެވޭނެ ކަމަށެވެ.

ފެނަކައިން މީގެ ކުރިންވެސް ކޮންޓްރެކްޓް މުވައްޒަފުން ދޫކޮށްލަން އެކި ފަހަރުމަތިން މަސައްކަތްކުރި އެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީމަހު އާއި އޯގަސްޓްމަހުވެސް މުވައްޒަފުން ދޫކޮށްލަން މަސައްކަތްކޮށް ލިޔުންވެސް ފޮނުވި އެވެ. އެހެންނަމަވެސް ޖެނުއަރީމަހު މުވައްޒަފުން ދޫކޮށްނުލެވުނީ މަޖިލިސް އިންތިހާބު ބޯމަތީގައި އޮތުމުން ސަރުކާރަށް ޕްރެޝަރަކަށްވުމުންކަމަށް މައުލޫމާތު ލިބެ އެވެ.

ކުރީގެ ސަރުކާރުން ކޮންޓްރެކްޓަށް ނަގާފައިވާ މި މުވައްޒަފުންނަށް ސަރުކާރު ބަދަލުވުމާއެކު ތަފާތު އެކި އުނދަގޫތައް ކުރިމަތިވި އެވެ. އެގޮތުން ރޯދަ އިނާޔަތާއި މަހު މުސާރަނުދީ ލަސްކޮށްފައިވެ އެވެ. ރޯދަ އިނާޔަތް ހޯދީ މުވައްޒަފުން މުޒާހަރާކޮށްގެންނެވެ.

މުވައްޒަފުންނަށް ކުރިމަތިވި އުނދަގޫތަކާއެކު ގިނަ މުވައްޒަފުންތަކެއް އަމިއްލައަށްވެސް ވަނީ ވަޒީފާ ދޫކޮށްލާފަ އެވެ. އެގޮތުން މިދިޔަ ރޯދަމަހު 52 މުވައްޒަފުން މަސައްކަތްކުރި މިތަނުގައި މިއަދު ތިބީ 35 މުވައްޒަފުންނެވެ.

ކުރީގެ ސަރުކާރުން ކުޅުދުއްފުށީގައި ހަދަން ފެށި އާ އިންޖީނުގެ އަކީ ބަޔަކާ ހަވާލުކޮށްގެން 30 މިލިއަން ރުފިޔާއަށް ނިންމެން އޮތް މަސައްކަތެއް ނަމަވެސް މިހާރު މިހާތަނަށް އެ އިންޖީނުގެއަށް 45 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355