twitterviber whatsapp telegramfacebookyoutube instagram
13th June 2026

ހަރަދު ކުޑަކުރަން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ރައީސް ނިންމަވައިފި

ނަބީލާ އިސްމާޢީލް
Oct 15, 2024

ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އެކުލަވާލާފައިވާ "އިކޮނޮމިކް ރީފޯމް އެޖެންޑާ"ގެ ދަށުން އެކި މިނިސްޓްރީތަކުގައި ސިޔާސީ މަގާމުތަކުގައި ތިބި 228 މުވައްޒަފުން މަގާމުން ވަކިކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ ގުޅިގެން، 7 ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނާއި، 69 ޕޮލިޓިކަލް ޑިރެކްޓަރުން، ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި މަޤާމުން ވަކިކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ފިޔަވަޅާއެކު، ސަރުކާރުގެ ހަރަދުތަކުން، މަހަކު 5.714 (ފަހެއް ޕޮއިންޓް ހަތެއް އެކެއް ހަތަރެއް މިލިޔަން) ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ މިފަދަ ބޮޑު ބަދަލެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ހަރަދުތައް ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމަށާއި، ސަރުކާރުގެ ހިންގުން ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވިސްނުންފުޅުގެ ތެރެއިންކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355