twitterviber whatsapp telegramfacebookyoutube instagram
4th July 2025

ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހެއްގެ ހާލު ސީރިއަސްވެ މާލެ ފޮނުވާލައިފި

އަބްދުލް ވާހިދު ޙަސަން
Nov 5, 2024
2

ކުޅުދުއްފުށީގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާ ލިބިއްޖެ އެވެ.

ރޭ މެންދަރު 12:20 ހާއިރު 'ޒަޔާން މާރޓް' ކައިރީގައި ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ ސައިކަލުން ދުއްވަން އިން 35 އަންހެނަކަށާއި 51 އަހަރުގެ ފިރިހެނަކަށެވެ.

ކޭއާރުއެޗްގެ މީޑިއާ އޮފިސަލް މުހައްމަދު މޫސާ ކޭއޯއަށް ވިދާޅުވީ، އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންގެ ހާލުވެސް ސީރިއަސް ކަމަށާއި އެ ދެ މީހުންވެސް މިއަދު ހެނދުނު އެއާރ އެމްބިއުލާންސްގައި މާލެ ފޮނުވާލާފައިވާ ކަމަށެވެ.

ދެ މީހުންނަށްވެސް ބޮލަށް އަނިޔާވެފައިވާއިރު ފިރިހެން މީހާގެ މޫނުގެ ކަށިގަނޑަކާއި މޭމަތީގެ ކަށިގަނޑެއްގައި 'ފްރެކްޗާއެއް' ވެފައިވާ ކަމަށެވެ.

އެކްސިޑެންޓްވި ސަރަހައްދުގައި ލޭގެ އަސަރު ފެންނަށް ހުއްޓެވެ. ދެ މީހުންގެ ހާލު ދެރަވުމުން އިތުރު ފަރުވާއަށް މާލެ ފޮނުވާލީ މިއަދު ހެނދުނު 8:10 ގައި އެއާރ އެމްބިއުލާންސްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355