twitterviber whatsapp telegramfacebookyoutube instagram
22nd August 2026

ނޮލެޖް ސެންޓަރުގައި ޔޫތު މެންޓަލް ހެލްތު ސެންޓަރެއް ތަރައްގީކުރުމަށް ހަވާލުކޮށްފި

އަބްދުލް ވާހިދު ޙަސަން
Jan 13, 2025

ކުޅުދުއްފުށީގައި ނޮލެޖް ސެންޓަރުގައި ޔޫތު މެންޓަލް ހެލްތް ސެންޓަރެއް ތަރައްގީކުރުމަށް ސިޓީ ކައުންސިލުން ބަޔަކާ ހަވާލުކޮށްފި އެވެ.

611،096.40 ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ ގިބްސް ލޮޖިސްޓިކްސަ ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތުގެ މުއްދަތަކީ 97 ދުވަހެވެ.

ސިޓީ ކައުންސިލުން ބުނީ، މި މަސައްކަތުގެ ތެރެއިން ނޮލެޖް ސެންޓަރު އިމާރާތުގެ އެ ސަރަހައްދު ރިނޮވޭޓް ކުރުމާއެކު 2 ކޮންސަލްޓޭޝަން ރޫމް، ފާހާނާ އަދި ލޮބީ އޭރިއާ ތަރައްގީކޮށް ފަރުނީޗަރ ލައި ފުރިހަމަކުރެވޭނެ ކަމަށެވެ.

މި ސެންޓަރުގެ މައިގަނޑު މަގުސަދަކީ ދުޅަހެޔޮ ރައްޔިތެއް ބިނާކުރުމަށް ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް، ހާއްސަކޮށް ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތް ކުރުމާއި، ނަފުސާނީ މައްސަލަތައް ތަހަންމަލް ކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

ސިޓީ ކައުންސިލުގެ ހަރަދުގައި ތަރައްގީކޮށްފައިވާ ނޮލެޖް ސެންޓަރުގައި މިހާރު އަންނަނީ ޕަބުލިކް ލައިބުރަރީވެސް ހިންގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355