twitterviber whatsapp telegramfacebookyoutube instagram
14th March 2026

ސަޢުދީން ހަދިޔާ ކުރި ކަދުރު ބަހަން ފަށައިފި

Jan 21, 2025

ސައުދި އަރަބިއްޔާއިން ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރި ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.

އިއްޔެއިން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހާ ހަމައަށް ކަދުރު ބެހުން ކުރިއަށްދާނެއެވެ. ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 13:00 އަށެވެ.

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ އެ ވުޒާރ މެދުވެރިކޮށް އިސްލާމީ މަރުކަޒުންނެވެ. ރަށްރަށަށް ނުވަތަ އަތޮޅުތެރެއަށް ކަދުރު ބަހާނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން ރޯދަމަހު އިފްތާރު ޕްރޮގްރާމްތައް ނުވަތަ ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދޭ ފަރާތްތަކަށް ވެސް ކަދުރުދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެކަމަށް ޝައުގުވެރިވާ ޖަމިއްޔާތަކުން އެ ވުޒާރާގައި ނަންނޯޓް ކުރުމަށް އެދިފައިވެއެވެ.

ސައުދީން މި ފަހަރު ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ 50 ޓަނުގެ ކަދުރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355