twitterviber whatsapp telegramfacebookyoutube instagram
24th March 2026

އިތުރު ސްވިމިންގ ޓްރެކެއް އެޅުމަށް ބޭނުންވާ ސާމާނު ކުޅުދުއްފުއްޓަށް ގެނެސްފި

Jan 27, 2025
2

ކުޅުދުއްފުށީގައި ދެވަނަ ސްވިމިންގ ޓްރެކް އެޅުމަށް ބޭނުންވާ ތަކެތި ގެނެސްފި އެވެ. ކުޅުދުއްފުށީގައި ފުރަތަމަ ސްވިމިންގ ޓްރެކެއް ހެދީ 2020 ވަނަ އަހަރުގެ އެވެ.

ކުޅުދުއްފުއްޓަށް ދެވަނަ ސްވިމިންގ ޓްރެކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބުދުﷲ ރާފިއު ހާމަކުރެއްވީ، ތިލަދުންމަތީ ސްކޫލްތަކުގެ ފެތުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގަ އެވެ.

ދެވަނަ ސްވިމިންގ ޓްރެކް ކުޅުދުއްފުއްޓަށް ގެނައުމާ ގުޅިގެން ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ނަވާޒް އައްސަދު ސޯޝަލް މީޑިއާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ލިބުނު ޓްރެކް ސިޓީ ކައުންސިލާ ހަވާލުކުރެވިފައިވާ ކަމަށާއި މިކަން ވުޖޫދަށް ގެނައުމުގައި އެހީތެރިކަން ދެއްވާފައިވާތީ ރައީސުލްޖުމްހޫރިއްޔާއަށާއި، މިނިސްޓަރަށާއި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިއީ ކުޅުދުއްފުށީގައި ކުޅިވަރާއި ދުޅަހެޔޮކަން ކުރިއެރުވުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް ކަމަށާއި އަދި މިކަމުގެ ސަބަބުން މިދާއިރާއިން އިތުރަށް ކުރިއެރުން ލިބޭނެކަމާމެދު ޝައްކެއްނުކުރާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355