twitterviber whatsapp telegramfacebookyoutube instagram
3rd January 2026

ކުޅުދުއްފުށީ ފެނަކަ ތެޔޮ ބައުޒަރު ހަލާކުވިތާ ހަތަރު އަހަރު ފަހުން އާ ބައުޒަރެއް

އަބްދުލް ވާހިދު ޙަސަން
Mar 23, 2025

ކުޅުދުއްފުށީ ފެނަކަ ތެޔޮ އުފުލުމަށް ބޭނުންކުރަމުންދިޔަ ބައުޒަރު ހަލާކުވިތާ ހަތަރު އަހަރު ފަހުން އާ ތެޔޮ ބައުޒަރެއް ފޮނުވައިފި އެވެ.

ކުޅުދުއްފުށީ ފެނަކަގައި ބޭނުންކުރަމުންދިޔަ ތެޔޮ ބައުޒަރ ހަލާކުވީ އަލިފާނުގެ ހާދިސާއެއްގައި 2021 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން އިންޖީނުގެއަށް ތެޔޮ އުފުލުމަށް ބޭނުންކުރަމުންދިޔައީ އަމިއްލަ ކުންފުނިތަކުގެ ބައުޒަރުތަކުގަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ފެނަކަ ކުޅުދުއްފުށީ އޮފީހުން އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ އޮފީހަށް ނުހަނު ބޭނުން ޖެހިފައިވާ ތެޔޮ ބައުޒަރު މިއަދު ލިބިފައިވާކަމަށެވެ. ކުރިން ބޭނުންކުރަމުންދިޔަ ބައުޒަރު ހަލާކުވުމުގެ ސަބަބުން މިހާތަނަށް ތެޔޮ އުފުލުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި ކަމަށެވެ.

އާ ބައުޒަރު ލިބި ތެޔޮއުފުލުމުގެ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވާފައިވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިޒް އާއި ސަރުކާރުގެ އިސްވެރިން އަދި ފެނަކައިގެ މެނޭޖްމެންޓްއަށް އެ ޕޯސްޓްގައި ޝުކުރު އަދާކުރައްވާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355