twitterviber whatsapp telegramfacebookyoutube instagram
6th October 2026

މިލަންދޫގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

Mar 25, 2025

ށ މިލަންދޫގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްލާމީ ދާއިރާގެ ވައުދުތަކުގެ ތެރެއިން ހިމެނޭ މަޝްރޫއެއްކަމަށެވެ.

މިލަންދޫ އިސްލާމީ މަރުކަޒު އިމާރާތްކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ ހޯމަ ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓޑ) އަހުމަދު ސައުދީއެވެ.

އަލަށް އަޅާ އިސްލާމީ މަރުކަޒުތަކުގައިވެސް ނަމާދު ކުރާ ޖާގައިގެ އިތުރުން ކުލާސްރޫމާއި ޖަލްސާކުރާ ހޯލެއްވެސް ހިމެނޭނެއެވެ.

އިސްލާމީ މަރުކަޒުތަކުގައި ދީނީ އިލްމު ފެތުރުމާއި، އިސްލާމީ ލައިބްރަރީ ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. ދާދިފަހުން ށ ފޯކައިދޫގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރުމަށް ފެނަކައާ ހަވާލުކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293