twitterviber whatsapp telegramfacebookyoutube instagram
28th November 2025

މާރޗުމަހު ރީޑިންގ ނަގާނީ 30 ވަނަ ދުވަހާއި 31 ވަނަ ދުވަހު: ކުޅުދުއްފުށީ ފެނަކަ

Mar 27, 2025

މި ހިނގައި މާރޗުމަހު ކުޅުދުއްފުށީގެ ކަރަންޓް މީޓަރުތަކުން ރީޑިންގ ނެގުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހާ 31 ވަނަ ދުވަހުކަމުގައި ކުޅުދުއްފުށީ ފެނަކަ އޮފީހުން ބުނެފި އެވެ.

ކުޅުދުއްފުށީ ފެނަކަ އޮފީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މި މާރޗުމަހު ގޭބިސިތަކާއި އެހެނިހެން ތަންތަނުން ކަރަންޓް މީޓަރުތަކުގެ ރީޑިންގ ނެގުމަށް ހަމަޖެހިފައިވަނީ 30 ވަނަ ދުވަހާއި 31 ވަނަ ދުވަހު ކަމަށާ، އެހެންވުމުން މި ދެ ދުވަހު ރީޑިންގ ނެގުމުގެ މަސައްކަތް ނިންމުމަށްޓަކާ ފަސޭހައިން ރީޑިންގ ނެގޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ކަސްޓަމަރުންގެ ފަރާތުން އެދޭކަމަށެވެ.

އަދި މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަ ޝުކުރުއަދާކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355