ކުޅުދުއްފުށީ ސިޓީގެ ލޯކަލް އޮތޯރިޓީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މީހަކު ހޯދަން ހުޅުވާލައިފި އެވެ.
ސިޓީ ކައުންސިލުން އާންމުކުރި އިއުލާނެއްގައި ބުނީ، އެ ކައުންސިލުގެ ދަށުން އުފެއްދުމަށް ހަމަޖެހިފައިވާ ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށެވެ.
މުސާރަ އާއި އިނާޔަތުގެ ގޮތުން މަހަކު 35000 ރުފިޔާގެ ކަނޑައެޅިފައިވާ މި މަގާމަށް ހޯދަނީ އެއް އަހަރުގެ މުއްދަތަކަށެވެ. އެއް އަހަރުވުމުން ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރާނީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު ކަމަށްވެސް ކައުންސިލް އިއުލާނުގައިވެ އެވެ.
މިމަގާމުގެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރުވުމާއި މަތީ ސާނަވީ ތައުލީމު ފުރިހަމަކޮށްފައިވާވުމާއެކު ވިޔަފާރީގެ ދާއިރާ ނުވަތަ ހިންގުމުގެ ދާއިރާގައި 2 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާން ޖެހެ އެވެ.
މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ވީމާ މިމަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 ޑިސެމްބަރ 2025 ވާ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ އީމެއިލް [email protected]އަށް އީމެއިލް ކުރުމަށް އެދެ އެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތައް، ކައުންސިލުން އިވެލުއޭޓް ކުރުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެ ކަމަށާއި އަދި ޝޯޓްލިސްޓް ކުރެވި އިންޓަވިއު ކުރެވޭ ފަރާތްތަކުގެ ނަންތައް ކައުންސިލްގެ ބައްދަލުވުމަށް ހުށައަޅައި، ކައުންސިލްގެ ރަސްމީ ޖަލްސާއަކުން މެމްބަރުން ކަނޑައަޅާގޮތެއްގެ މަތިން މެނޭޖިން ޑިރެކްޓަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ބޯޑުގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަނު ކުރެވޭ ފަރާތެއް ކަނޑައެޅޭނެކަމަށްވެސް އިއުލާނުގައިވެ އެވެ.




