twitterviber whatsapp telegramfacebookyoutube instagram
16th April 2026

ބޯޒިޔާރާތް ބީޗު ހުޅުވުން 27 އަށް ފަސްކޮށްފި

Dec 20, 2025

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަރައްގީކުރި 'ބޯޒިޔާރާތް ބީޗު' ހުޅުވުން ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހަށް ފަސްކޮށްފި އެވެ.

ކައުންސިލުން ފުރަތަމަ ނިންމީ ޑިސެމްބަރުމަހު 26 ވަނަ ދުވަހު އެތަން ހުޅުވުމަށެވެ. ކައުންސިލަރު ރިލްވާން މުހައްމަދު (ރިލޭ) ވިދާޅުވީ، ބޯޒިރާޔާތް ހުޅުވަން މިހާރު ނިންމާފައިވަނީ މިމަހު 27 ވަނަ ދުވަހު ކަމަށެވެ.

ބޯޒިޔާރާތް ބީޗު ހުޅުވަން ހަމަޖެހިފައިވަނީ ހަވާ އެރުވުމާއެކު ކުލަގަދަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ.

'ބޯޒިޔާރާތް ބީޗަކީ' ސިޓީ ކައުންސިލުން ކުރިއަށްގެންދިޔަ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއެވެ. އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔާތްކުރުމާއި ބީޗު ސަރަހައްދު ތަރައްގީކުރުން ކުރިއަށްގެންދިޔައީ ދެ ބަޔަކާ ހަވާލުކޮށްގެންނެވެ.

އެތަން ތަރައްގީކޮށްފައިވަނީ ބާބަކިޔު ހެދޭނެ ސަރަހައްދަކާއި ނަމާދުކުރާނެ ސަރަހައްދެއް އަދި ފެންވެރޭނެ އިންތިޒާމުތަކާއެކު އެވެ. އަދި ބީޗް ހަޓްތަކާއި ސެކިއުރިޓީ ހަޓެއްގެ އިތުރުން ކުޑަކުދިން ކުޅޭ ސަރަހައްދެއް ހިމަނައިގެން ވަރަށް ފުރިހަމައަށެވެ.

ސުނާމީ ކާރިސާއާ ގުޅިގެން ޑިސެމްބަރުމަހުގެ 26 ވަނަ ދުވަސް ރާއްޖޭގައި ފާހަގަކުރަމުންދަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355