ކެމްޕެއިން ފަށާ ޖަލްސާ އޮންނާނީ މިރޭ 8:30 ބަންޑާރަހިޔާ ސަރަހައްދުގައި
ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށާއި އަންހެނުންގެ ކޮމެޓީއަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ލޯންޗްކުރުމަށް ބާއްވާ ބޮޑު ޖަލްސާ މިރޭ ބާއްވަން ނިންމައިފި އެވެ.
މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދައުލަތުގެ 8 ވަޒީރަކާއި ޕީއެންސީގެ ޕާލަމެންޓަރީ ގުރޫޕްގެ ލީޑަރު އިބުރާހިމް ފަލާހު އާއި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ފަދަ ބޭފުޅުން ވަނީ މިހާރު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާފަ އެވެ.
މި ޖަލްސާގައި ބައިވެރިވެވަޑައިގަންވާ ދައުލަތުގެ ވަޒީރުގެ ތެރޭގައި އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ މުއްތަލިބް އާއި އެކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދު އާއި ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިއު އާއި ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި ފޮރިން މިނިސްޓަރު ޑރ އަބުދުﷲ ހަލީލް އާއި ޓޫރިޒަމް މިނިސްޓަރު އިބުރާހިމް ތޯރިގް ހިމެނިވަޑައިގަންނަވަ އެވެ.
އަދި މީގެ އިތުރުން މާލޭ ސިޓީ ގްރޫޕް ހޮސްޕިޓަލްސްގެ ސީއީއޯ އިބުރާހިމް ހަލީމް އާއި ރައްޔިތުން މަޖިލީހުގެ ޕީއެންސީގެ ބައެއް މެންބަރުން މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މި ޖަލްސާ އޮންނާނީ މިރޭ 8:30 ގައި ބަންޑާރަހިޔާ ވެލިގަނޑުގަ އެވެ.




