twitterviber whatsapp telegramfacebookyoutube instagram
12th August 2026

ޖަލްސާގައި ދެއްކެވި ވާހަކައަށް އަހުމަދު މާފަށް އެދިއްޖެ، ވިދާޅުވީ ދެން އެފަދަ ކަމެއް ތަކުރާރުނުވާނެކަމަށް

އަބްދުލް ވާހިދު ޙަސަން
Feb 9, 2026
11

ކުޅުދުއްފުށީ ޕީއެންސީ ކެންޑިޑޭޓުންގެ ކެމްޕެއިން ލޯންޗުކުރަން ބޭއްވި ބޮޑު ޖަލްސާގައި ދެއްކެވި ލަދުވެތި ވާހަކައިގެ ސަބަބުން ފުރައްސާރައާ ކުރިމަތިވެފައިވާ ކަމަށާއި ދެން އެފަދަ ކަމެއް ތަކުރާރުނުވާނެކަމުގެ ޔަގީންކަން ކުޅުދުއްފުށީ ފެނަކަ އޮފީހުގެ މެނޭޖަރު އަހުމަދު މުހައްމަދު (ލައިޓޭ) ރައްޔިތުންނަށް ދެއްވައިފި އެވެ.

މިދިޔަ ހުކުރުދުވަހުގެ ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އެމްސީ ކުރައްވަން ހުންނަވާ އަހުމަދު ދެއްކެވި ލަދުވެތި ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ. ދައުލަތުގެ ގިނަ އަދަދެއްގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން މި ޖަލްސާގައި ގިނަ އަދަދެއްގެ އާންމުވެސް ބައިވެރިވި އެވެ.

އަހުމަދުގެ އެވާހަކަތަކަށް ވަރަށް ބޮޑަށް އާންމުންގެ ނުރުހުން އަމާޒުވެފައިވަނިކޮށް މިއަދު އޭނާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ވާހަކައާ ގުޅިގެން އެކިއެކި މާނާގައި އުފެދިފައިވާ ނުތަނަވަސްކަމުން އޭނާގެ އާއިލާ އާއި ގުޅުން ހުރި ފަރާތްތަކަށް އެކަމުގެ އެކި އުނދަގޫތަކާއި ފުރައްސާރަ ކުރިމަތިވަމުންދާ ކަމަށެވެ. އަދި އެއީ ހިތާމަ ހުރިކަމެއްގައިވެސް އަހުމަދު ވިދާޅުވި އެވެ.

"މިފަދަ ކަންކަމުން ތަޖުރިބާ ލިބި، ދެން މިފަދަ ކަމެއް ތަކުރާރު ނުވާނޭކަން ޔަގީންކޮށް އަރުވަން. އަދި މިކަމަށް މާފަށް އެދެން." އަހުމަދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355