twitterviber whatsapp telegramfacebookyoutube instagram
26th March 2026

އިތުރު 1،500 ޓަނުގެ ގޭސް ސްޓޯރޭޖެއް ތަރައްގީކުރަނީ

Mar 25, 2026

އެސްޓީއޯއިން މާލެ ސަރަހައްދުގައި އިތުރު 1،500 ޓަނުގެ ގޭސް ރައްކާ ކުރެވޭ ފެސިލިޓީއެއް ތަރައްގީ ކުރުމުގެ މަސަައްކަތް ފަށައި، މި އަހަރު ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށްފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އެސްޓީއޯގައި މިވަގުތު ހުރީ 1،000 ޓަނުގެ ސްޓޯރޭޖެއް ކަމަށާއި ސްޓޯރޭޖް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށެވެ.

"މިހާރު އެސްޓީއޯއިން އަޅުގަނޑަށް އަންގާފައި އޮތީ ޕްރޮކިއުމަންޓް ލެވަލްގައޭ އޮތީ އިތުރު 1،500 ޓަނުގެ ސްޓޯރޭޖް މާލެ ސަރަހައްދުގައި ޑިވެލޮޕްކުރަން،" މޫސާ ޒަމީރު ވިދާޅުވި އެވެ.

އެ މަޝްރޫއު މި އަހަރު ނިމޭނެ ކަމަށް އެސްޓީއޯއިން ބުނެފައިވާ ކަމަށާއި މި ސްޓޯރޭޖާއެކު ދެ މަހާއި ބައިގެ ސްޓޮކެއް މާލެ ސަރަހައްދުގައި ހުންނާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ޒަމީރު ވަނީ ގޭސް ލިބުނުގައި ރާއްޖެއަށް ދަތިކަމެއް ނެތް ކަމަށްވެސް ވިދާޅުވެފަ އެވެ.

އެ ގޮތުން ބަންގްލަދޭޝާއި ސްރީލަންކާއަށް ގޭސް ސަޕްލައިކުރަނީ ރާއްޖެއަށް ގޭސް ސަޕްލައިކުރާ ފަރާތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބަންގްލަދޭޝްއަށާއި ސިލޯނަށާއި ގޭސް ސަޕްލައި ކުރަނީ އެއް ބައެއް،" މޫސާ ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރަހައްދުގެ ގައުމުތަކުގައި ގޭސް ޑިސްޗާޖު ކުރަނީ ކުދި އުޅަނދުތަކުގަ އެވެ. އަދި މޫސުން އޮންނަ ގޮތުން އުޅަނދުތައް ދަތުރުކުރަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކަމަށްވެސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355