twitterviber whatsapp telegramfacebookyoutube instagram
18th August 2026

ރައީސް ސޯލިހަށް ކުޅުދުއްފުށިން ހޫނު މަރުހަބާއެއް

ނަބީލާ އިސްމާޢީލް
Mar 30, 2026

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުޅުދުއްފުއްޓަށް މިއަދު ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.

މިރޭ އޮންނަ އެމްޑީޕީ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ، ކުޅުދުއްފުށި ތިލަފަތަށް ހާއްސަ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ސޯލިހުއާއި އެމްޑީޕީގެ އިސްވެރިން ކުޅުދުއްފުއްޓަށް ވަޑައިގަތީ މިއަދު ހަވީރު އެވެ.

ގިނަ އަދަދެއްގެ ކުދިބޮޑު ރައްޔިތުން ރައީސް ސޯލިހަށް މަރުހަބާ ދެންނެވުމަށް ކުޅުދުއްފުށިން އެއްވެފަ އެވެ.

މި ޖަލްސާއަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާއި، މަޖިލިސް އިންތިހާބާއި، ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ނަގާ ފެންނަ ނުފެންނަ ވޯޓާއި ގުޅިގެން ކެމްޕޭނު ކުރެއްވުމަށްޓަކަ އެވެ.

އެމަނިކުފާނުގެ އަރިހުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި، ހަނިމާދޫ ދާއިރާގެ މެންބަރު އަދި ޗެއާޕާސަން އަބްދުލްޣަފޫރު މޫސާގެ އިތުރުން އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355