twitterviber whatsapp telegramfacebookyoutube instagram
10th August 2026

ރައީސް ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް

ނަބީލާ އިސްމާޢީލް
Apr 22, 2026
1

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ފައްޔާޒު އިސްމާއިލް ކެމްޕޭން ދަތުރުފުޅެއްގައި މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން ރަށުގެ ގިނަ ރައްޔިތުން އެބޭފުޅުންނަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ރައީސް ނަޝީދު ކުޅުދުއްފުށީ އެއާޕޯޓަށް ފައިބައިވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެއާޕޯޓަށް ޖަމާވެފައެވެ.

މި ދަތުރުފުޅަކީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ތާއީދު ހޯއްދެވުމަށާއި، ޕާޓީގެ އާންމު މެންބަރުންނާ ބައްދަލުކުރައްވައި ޕާޓީ ހިންގުމާ މެދު އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް ނަޝީދު ވަނީ ޗެއާޕާސަން ކަމަށް ކުރިމަތިލައްވަނީ ޕާޓީ ވަރުގަދަކޮށް، ރައްޔިތުން އެދޭ ފަދަ ބަދަލުތަކެއް ގައުމަށް ގެނައުމަށް ކަމަށް ވިދާޅުވެފައެވެ.

ކުޅުދުއްފުއްޓަށް ކުރައްވާ މި ދަތުރުފުޅުގައި މި ސިޓީގެ އެމްޑީޕީ ހަރުގެތަކަށް ޒިޔާރަތް ކުރެއްވުމުގެ އިތުރުން، ދޮރުން ދޮރަށް ހިންގަވައި ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ އިތުރުން، ޕާޓީގެ އިސް އެކްޓިވިސްޓުންނާ އެކު ހާއްސަ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355