twitterviber whatsapp telegramfacebookyoutube instagram
20th May 2026

ކުޅުދުއްފުށީ ސިޓީ ލޯކަލް އޮތޯރިޓީ ކުންފުނީގެ އެމްޑީއަކަށް އާދަމް އަހުމަދު

އަބްދުލް ވާހިދު ޙަސަން
May 20, 2026

ކުޅުދުއްފުށީ ސިޓީ ލޯކަލް އޮތޯރިޓީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާދަމް މުހައްމަދު އައްޔަންކޮށްފި އެވެ.

ލޯކަލް އޮތޯރިޓީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ކުޅުދުއްފުށީ/ފަލަކް، އާދަމް އަހުމަދު (އެޑޫ) އައްޔަންކުރަން ފާސްކުރީ މިއަދު އޮތް ސިޓީ ކައުންސިލްގައި ބޭއްވި އާންމު ބައްދަލުވުމުގަ އެވެ.

އޭނާ އެ މަގާމަށް އަންޔަނުކުރަން ފާސްވީ ހަ ކައުންސިލަރުންގެ އިއްތިފާގުންނެވެ. ވޯޓް ނުދެއްވީ ޕީއެންސީގެ މެންބަރު އިބުރާހިމް އަހުމަދެވެ.

އާދަމް އަހުމަދު މިހާރު އަދާކުރައްވަމުން ގެންދަވަނީ ކުޅުދުއްފުށީ އެއާޕޯޓްގެ މެނޭޖަރުގެ މަގާމެވެ.

ލޯކަލް އޮތޯރިޓީ ކުންފުނީގެ އެމްޑީގެ މަގާމަށް ބޭފުޅަކު ހޯދަން އާންމުކޮށް ހުޅުވާލީ އެންމެ އެކަށީގެންވާ ގާބިލް ބޭފުޅަކު ހޯދުމަށް ކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވި އެވެ. މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، އިއުލާނު ނުކޮށް ވެސް އެމްޑީއެއް ހޯދުމުގެ ފުރުސަތު ސިޓީ ކައުންސިލަށް އޮތް ކަމަށާއި އެހެންނަމަވެސް އާންމުކޮށް ހުޅުވާލީ ގާބިލް ކެންޑިޑޭޓެއް ހޯދުމަށް ކަމަށެވެ.

އިންޓަވިއު ފެނަލް ވެސް އެކުލަވާލީ ސިޔާސީ މުވައްޒަފުން މަދުކޮށް ފަންނީ މުވައްޒަފުންގެ އަގުލަބިއްޔަތާއެކުކަން ފާހަގަކޮށް މޭޔަރު ވިދާޅުވީ، ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ މަތިން މާކްސް ލިބިފައިވަނީ ވެސް އާދަމް އަހުމަދަށް ކަމަށެވެ.

އާދަމްއަކީ ހިންގުމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެވެ.

އުސްއަލިތައް:

- ލޯކަލް އޮތޯރިޓީ ކުންފުނި ފަށައިގަތުމަށް ހަތަރުވަނަ ދައުރުގެ ކައުންސިލުން ގިނަ މަސައްކަތެއް ކުރި. އެގޮތުން ބިޒްނަސް ޕްލޭނާއި ފައިނޭޝިއަލް ޕްލޭން އެކުލަވާލައި ކުންފުނިން ކުރެވިދާނެ މަސައްކަތާއި ހުރި ފުރުސަތުތަކާ ބެހޭ ގޮތުން އިންވެސްޓަރުންނާއި ގިނަ މަޝްވަރާތަކެއް ކުރެވުނު.

- ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނަ ބަދަލާއެކު ކުންފުނީގެ މަސައްކަތްތައް ވަރަށް ބޮޑަށް މަޑުޖެހުނު. އެއީ 10 މިލިއަނަށްވުރެ ދަށުގެ ރައުސުލްމާލުގެ ވިޔަފާރީގެ މުއާމަލާތަކާއި އާންމުން ކުރާ ވިޔަފާރިތައް ކުންފުންޏަށް ނުކުރެވޭ ގޮތަށް ހެދުމުން.

- އެކަމާ ގުޅިގެން ޕްލޭ ސްކޫލް ހިންގަންވެސް ދަތިތައް ދިމާވި. އެހެންނަމަވެސް ކުރެވުނު ގިނަ މަސައްކަތުން އެކަން ކާމިޔާބުވި.

- އެމްޑީ ކަނޑައަޅައި ކުންފުނި ރަޖިސްޓްރީކުރަން ހުށަހަޅަން ޖެހޭ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355