twitterviber whatsapp telegramfacebookyoutube instagram
4th June 2026

ބޮޑު ދަރަނި ދެއްކުމުން ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފި

Jun 4, 2026

ރާއްޖެއިން މި އަހަރު ދައްކަން ޖެހޭ ބޮޑު ދަރަނި ދައްކާ ހަލާސް ކުރުމުން ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖަންސީ، ފިޗުން ރާއްޖޭގެ ރޭޓިން މަތި ކޮށްފި އެވެ.

ފިޗުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ރޭޓިން "ސީސީ" އިން "ސީސީސީ-" އަށް މަތި ކޮށްފައިވާ ކަމަށާއި އޭގެ މައިގަނޑު ސަބަބަކީ މިދިޔަ އޭޕްރިލް މަހު ރާއްޖެ އިން ދައްކަން ޖެހުނު ސުކޫކް އަދާކޮށްފައިވާތީ ކަމަށެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ބޭރުގެ ދަރަނި ކުޑަވެ ބައިނަލްއަގުވާމީ އެކި ފަރާތްތަކުގެ މާލީ އެހީތެރިކަން ލިބުމާއި މާލީ ހާލަތު ރަނގަޅުވެ ރާއްޖޭގެ ރިޒާވް އަލުން ބިނާ ކުރަން މަގުފަހިވެގެން ދާނެ ކަމަށް ވެސް ފިޗުން ބުންޏެވެ.

ސަރުކާރުން މި އަހަރުގެ ތެރޭގައި ވަނީ 500 މިލިއަން ޑޮލަރުގެ ސުކޫކާއި އިންޑިއާ އަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި ދައްކައިފަ އެވެ. އޭގެ އިތުރުން އިންޑިއާގެ މަރުކަޒީ ބޭންކުން ނެގި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސުވޮޕް ފެސިލިޓީ ވެސް ދައްކައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355