twitterviber whatsapp telegramfacebookyoutube instagram
11th June 2026

ވީއޭއާރާއި ވަގުތު ބޭކާރު ކުރުން، ވޯލްޑްކަޕުގެ ގަވައިދު ބަދަލުވުމުގެ އަސްލު

މުޙައްމަދު އަހުމަދު
Jun 10, 2026

2026 ވަނަ އަހަރު އެމެރިކާއާއި ކެނެޑާ އަދި މެކްސިކޯގައި އާ އޮނިގަނޑަކާއެކު ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ތަފާތުވަނީ ގިނަ ސަބަބުތަކަކާ ހުރެ އެވެ.

މީގެ ސަބަބުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ގަވާއިދުތަކަށް އައި ބަދަލުތަކެވެ. މިފަހަރުގެ މުބާރާތަށް މުޅިން އަލަށް 11 ގަވައިދެއް ދުނިޔޭގެ ފުޓްބޯޅަ ފެޑެރޭޝަން ފީފާއިން ވަނީ ތައާރަފް ކޮށްފަ އެވެ.

ރެފްރީންގެ އެންމެ އިސް ރެފްރީ ޕިއާލުއިޖީ ކޮލީނާ ހުރީ މެޗުތައް އަވަސްކޮށް މެޗުތަކުގެ މަސްލަހަތާއި މަންޒަރު ބަދަލުވާ ގޯސްތައް މަދުކުރުމަށް މިފަހަރުގެ ވޯލްޑްކަޕުގައި ވަރަށް ބޮޑަށް އަމާޒު ހިފާފަ އެވެ.

މިކަންކަމަށް ކުޅިވަރު ކުޅޭ ކުޅުންތެރިންނާއި ސަޕޯޓަރުން މިހާރު މިއޮތީ ހޭނެން ޖެހިފަ އެވެ. އެއީ އަންނަ ސީޒަނުގައި ޕްރިމިއާ ލީގާއި އިނގިރޭސި ފުޓްބޯޅަ ލީގު އަދި ސްކޮޓިޝް ޕްރިމިއާޝިޕުގައި ފެންނާނީ ތަފާތު ފުޓްބޯޅަ އެކެވެ.

ފުޓްބޯޅައަށް މީގެ އަހަރުތަކެއް ކުރިން ތައާރަފުކުރި ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް)އަށް މިވަނީ އާ ބާރުތަކެއް ލިބިފަ އެވެ. ގޭމުން ޓެމްޕޯއާއި ކުޅުންތެރިންގެ އަހްލާގަށް ބައެއް ބަދަލުތަކެއް ގެނެސް ވީއޭއާރުގެ ސަބަބުން ދެން ވަރަށް ގިނަ ތަފާތު ކަންތައްތަކެއް ފެނިގެންދާނެ އެވެ.

މި ރިޕޯޓުގައި ފާހަގަވެގެންދާނީ މިފަހަރު ފެންނާނެ ތަފާތު ގަވައިދުތަކާއި އެ ގަވައިދުތައް ހިނގާނެ ގޮތެވެ.

ބަދަލުތަކާއި ގޯލް ކިކްތައް އަދި އެއްލުމުގައި ވަގުތު ސަލާމަތްކުރުމަށް އެޅިފައިވާ ފިޔަވަޅުތައް:

ވަގުތު ބޭކާރުވުމާއި ކުރުމުގެ މައްސަލަތަކަށް ހައްލެއް ހޯދުން ވެފައިވަނީ ވޭތުވެދިޔަ އަހަރުތަކުގައި ކޮލީނާއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަށެވެ. 2022 ގަތަރުގައި އޮތް ވޯލްޑްކަޕުގައި އިޓާލިއަން ރެފްރީ ވަނީ އޭނާގެ އޮފިޝަލުންގެ ކައިރީ ސީދާ ނިންމުންތައް ނިންމަން އަދި އިތުރުވަގުތުގެ (ސްޓޮޕޭޖް ޓައިމް) ތެރެއަށް ހުރިހާ ވަގުތެއް ލުމަށް ބުނެފަ އެވެ.

އެފަހަރުގެ ވޯލްޑްކަޕު ހުޅުވުމަށް ކުޅުނު ހުރިހާ މެޗެއް ވަނީ 100 މިނެޓަށްވުރެ ގިނައިރު ކުރިއަށް ގޮސްފަ އެވެ. އިރާނުގެ މައްޗަށް 6 - 2 ން އިނގިރޭސިން ކުރި ހޯދި މެޗުގައި ވެސް ދެހާފަށް ބަލާނަމަ އިތުރުވަގުތުގެ 24 މިނެޓުގެ ކުޅުން ފެނިގެންދިޔަ އެވެ.

މިފަހަރުގެ ވޯލްޑްކަޕުގެ ޕްލޭނަކަށް ވެފައި އޮތީ ކުޅުންތެރިން ވަގުތު ބޭކާރު ނުކުރާނެކަން ޔަގީންކޮށް މިގޮތަށް ގެއްލޭ ވަގުތު ހޯދުމަށެވެ. އެހާ ހަރުކަށި ނިންމުމަކަށް މި ނިންމުން ނުވިނަމަވެސް މިގޮތަށް ނިންމާފައިވަނީ މިކަމުގެ ސަބަބުން ކުޅުންތެރިންގެ ވަގުތު ބޭކާރު ކުރުމުގެ ގޮތަށް ބަދަލުތަކެއް ގެނައުމަށެވެ.

މީގެއިތުރުން ބޭރަށް ދާ ބޯޅަތައް އެއްލުމަށް (ތްރޯ އިން) އަދި ގޯލް ކިކްތަކަށް ވަނީ 5 ސިކުންތުގެ ކައުންޓްޑައުން ގަވާއިދެއް ތައާރަފްކޮށްފަ އެވެ. އަދި ކުޅުންތެރިއަކު ގަސްދުގައި ކުޅުން ފެށުން ލަސްކޮށްފިނަމަ ގޯލް ކިކްގެ ބަދަލުގައި އިދިކޮޅު ޓީމަށް ކޯނަރެއް ދޭން ނިންމާފައިވާއިރު އެއްލުންތައް ވެސް ލަސްކޮށްފިނަމަ އިދިކޮޅު ޓީމަށް ލިބޭނެ އެވެ.

އެހެންނަމަވެސް މި ގުނުން ފެށޭނީ ބޯޅަ ބޭރަށް ދިއުމަކުން ނޫނެވެ. ކުޅުންތެރިއަކު މާ ގިނަ ވަގުތު ނަގާނަމަ ކައުންޓްކުރުމަށް ނިންމާނީ ރެފްރީ އެވެ. ގޯލްކީޕަރު އަތަށް ބޯޅަ ނެގުމުން 8 ސިކުންތު ގުނާ ގޮތަށް އަތް މައްޗަށް ތިރިއަށް ގެނެސް ފެންނަ ގޮތަށް ރެފްރީ ގުނާނެ އެވެ.

މިބަދަލުގެ ސަބަބުން މެޗުތަކުގެ ފަހުކޮޅަށް ގޮސް ގޯލް ކިކްތައް ލަސްކުރުމަށް ކީޕަރުން ބޭނުން ކުރާ ގޮތްތައް ނުވަތަ އުކުޅުތަކަށް ހުއްޓުމެއް އަންނާނެކަމަށް ބެލެވެ އެވެ.

މެޗުގެ ތެރެއިން ކުޅުންތެރިން ބަދަލު ކުރާއިރު ބަދަލުވެގެން ފައިބާ ކުޅުންތެރިޔާ ދަނޑުގެ އެންމެ ކައިރި ހިސާބަކުން 10 ސިކުންތުގެ ތެރޭގައި ފައިބަން ޖެހޭ ގަވައިދެއް ވެސް މިވަނީ އަލަށް ތައާރަފް ކޮށްފަ އެވެ. އަދި އެގޮތަށް ކަންތައް ނުކޮށްފިނަމަ އަރަން ހުންނަ ކުޅުންތެރިޔާއަށް ދަނޑަށް ނޭރި 1 މިނެޓު މަޑުކުރަން ޖެހެ އެވެ. އަދި އެޓީމެއް އެވަގުތު ކުޅެން ޖެހޭނީ ކުޅުންތެރިޔަކު މަދުކޮށެވެ.

އެހެންނަމަވެސް މި ގަވައިދު ކުޅުންތެރިޔަކަށް އަނިޔާވާ ނުވަތަ ރައްކާތެރިކަމުގެ ބިރު އޮންނަ ހާލަތްތަކުގައި މައްސަލައަކަށް ނުވާނެ އެވެ. އަދި މީގެއިތުރުން ކުޅުންތެރިޔަކަށް އަނިޔާވެ ފިޒިއޯ ފަރުވާދޭން ޖެހޭ ހާލަތެއްގައި ކުޅުންތެރިޔާ ދަނޑުން ބާލައިފިނަމަ އަލުން ކުޅުމާއި ގުޅެވޭނީ މިނެޓެއް ފަހުންނެވެ. ވޯލްުޑްކަޕުގެ އިތުރު ކުލަބް ފުޓްބޯޅައަށް ވެސް މިބަދަލު އަންނާނެ އެވެ.

އެހެންނަމަވެސް ވަގުތުން ކުޅުމާ ގުޅެވޭނެ ބައެއް ހާލަތްތައް މިގަވައިދުގައިވެ އެވެ. އެއީ ގޯލްކީޕަރަކަށް އަނިޔާވެއްޖެނަމަ ނުވަތަ ގޯލްކީޕަރަކާ އެޓީމެއްގެ ކުޅުންތެރިޔަކަށް އެކީ އަނިޔާވެއްޖެނަމަ އަދި މީގެއިތުރުން ބޮލަށް ކަހަލަ ތަނަކަށްވާ ސީރިއަސް އަނިޔާއެއްގެ ސަބަބުންނެވެ. އަދި ކުޅުންތެރިޔަކަށް އަނިޔާވުމާ ގުޅިގެން އިދިކޮޅު ކުޅުންތެރިޔަކަށް ކާޑެއް ދެއްކުމުން ނުވަތަ ދަނޑުން ފޮނުވާލުމުންނާއި ޕެނަލްޓީއެއް ލިބޭ ހާލަތުގައި ޕެނަލްޓީ ޖަހަނީ އަނިޔާވި ކުޅުންތެރިޔާ ކަމަށްވާނަމަ މިގަވައިދު މައްސަލައަކަށް ނުވާނެ އެވެ.

ވީއޭއާރު

ގިނަ ސަޕޯޓަރުންނަށް ކަމުނުގޮސްދާނެ އެވެ. އެހެންނަމަވެސް އިތުރު ހާލަތްތަކުގައި މިފަހަރުގެ މުބާރާތުގައި ވީއޭއާރު ބޭނުން ކުރެވޭނެ އެވެ. އެގޮތުން ކޯނަރެއް ދީފައިވަނީ ރަނގަޅަށްތޯ ބެލޭނެ އެވެ.

އެހެންނަމަވެސް މިކަމުގެ ސަބަބުން ކުޅުން ފެށޭލެއް އިތުރަށް ލަސްވެގެން ނުވާނެ އެވެ. އަދި ކޯނަރު ނެގުމުގެ ކުރިން ބަލަން ޖެހޭނެ އެވެ. މީގެއިތުރުން ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ކުޅުންތެރިޔަކަށް ދައްކައިފިނަމަ ދެވަނަ ރީނދޫ ކާޑު ދެއްކުނީ ރަނގަޅަށްތޯ ބެލޭނެ އެވެ.

އެހެންނަމަވެސް ރީނދޫ ކާޑެއް ދައްކާފައި ހުރި ކުޅުންތެރިޔަކު ކުރި ކަމަކާ ގުޅިގެން ދެވަނަ ރީނދޫ ކާޑެއް ދެއްކުމަށް ވީއޭއާރު ރިވިއު ނުކުރެވޭނެ އެވެ. ހާއްސަކޮށް ބަލާނަމަ އެ މައްސަލައެއް ވާން ޖެހޭނީ ސާފު ސީދާ ފައުލެއް ލިބެން ޖެހޭވަރުގެ ކަމަކަށެވެ.

އަދި މިފަހަރުގެ ވޯލްޑްކަޕުގައި ވީއޭއާރު ރިވިއު ކުރެވޭ އަނެއް ކަމަކީ ކުޅުމުގެ ތެރޭގައި ބޯޅަ އޮއްވާ ކުރާ އެޓޭކިން ފައުލެވެ. އެއީ ސީދާ ގޯލަކަށް، ޕެނަލްޓީއަކަށް ނުވަތަ އިންޒާރު ނޫނީ ކާޑެއް ދައްކަންޖެހޭ ހާލަތެއްގައި ފައުލުގެ ސަބަބުން އެކަން ދިމާވާނަމަ ވީއޭއާރު ރިވިއު ކުރެވޭނެ އެވެ.

އަދި މީގެއިތުރުން ފައުލެއްގެ ސަބަބުން ކުޅުންތެރިޔަކަށް ކާޑެއް ދެއްކުން ނުވަތަ ދަނޑުން ފޮނުވާލުމަށްފަހު އެފައުލެއް ކުރީ އިދިކޮޅު ޓީމުން ކަމަށް ފާހަގަވެއްޖެނަމަ އެ ނިންމުން ބަދަލުކުރެވޭނެ އެވެ.

ކުޅުންތެރިންގެ އަހްލާގު

ކުރިމަތިލުމެއް ހިނގާ ހާލަތެއްގައި ކުޅުންތެރިޔަކު އަނގަމަތީ އަތް އަޅާ ނުވަތަ އެހެން ގޮތަކުން ވެސް އަނގަ ނުފެންނާނެހެން ބަންދުކޮށްފިނަމަ ރެފްރީންނަށް މިފަހަރު ކުޅުންތެރިންނަށް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުގެ ބާރު ލިބިގެންވެ އެވެ.

މީގެއިތުރުން ރެފްރީންނަށް މިހާރު ރެފްރީއެއްގެ ނިންމުމާއި ދެކޮޅަށް އިހްތިޖާޖު ކުރުމަށް ކުޅުންތެރިޔަކު ދަނޑުން ފައިބައިފިނަމަ ވެސް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355