twitterviber whatsapp telegramfacebookyoutube instagram
16th June 2026

ކޭޕް ވާޑުން ޔޫރަޕުގެ ޗެމްޕިއަން ސްޕެއިން ހިފަހައްޓާލައިފި، ބޮޑު ޝޮކެއް!

މުޙައްމަދު އަހުމަދު
Jun 15, 2026

އަލަތު ވޯލްޑްކަޕުގައި ކުޅޭ ކޭޕް ވާޑުން ފުރަތަމަ މެޗުގައި އެޓަލާންޓާގައި މިރޭ ޔޫރަޕުގެ ޗެމްޕިއަން ސްޕެއިން ހިފަހައްޓާލައިފި އެވެ.

މިއީ ފަހުގެ ތާރީހެއްގައި އެންމެ ގިނަ ބަޔަކަށް ހައިރާން ކަމެއް ގެނުވި އެންމެ ތަފާތު ނަތީޖާ އެވެ. ވޯލްޑްކަޕަށް ކޮލިފައިވި އާބާދީގެ ނިސްބަތުން ތިންވަނައަށް އެންމެ ކުޑަ ގައުމުކަމަށްވާ ކޭޕް ވާޑުން މިރޭ މިވަނީ ލަނޑެއް ޖެހިޔަ ނުދީ ދުނިޔޭގެ ރޭންކިން ދެވަނައިގައި އޮތް ސްޕެއިން ހިފަހައްޓާލާފަ އެވެ.

އެންމެ ފަހުގެ ޔޫރޯގެ ޗެމްޕިއަން އަދި 2010 ވަނަ އަހަރުގެ ވޯލްޑްކަޕް ޗެމްޕިއަން ސްޕެއިންއާ ކޭޕް ވާޑް ބައްދަލުކުރި ގްރޫޕް އެޗުގެ ފުރަތަމަ މެޗު ނިމިގެންދިޔައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އެހެންނަމަވެސް އެންމެ ފަހުގެ ޔޫރަޕުގެ ޗެމްޕިއަނުން ވަނީ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން އެތައް އިރަކު ކޭޕް ވާޑުގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ނުރައްކާތެރި ސްޕެއިންގެ އެޓޭކިން ހަމަލާތަކުން ކޭޕް ވާޑު ސަލާމަތްކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކޮށްދިނީ ކޭޕް ވާޑުގެ 40 އަހަރުގެ ގޯލްކީޕަރު ވޮޒީނިއާ އެވެ. މޮޅު ކުޅުމަކާއެކު އާދަޔާހިލާފު މޮޅެތި ސޭވްތަކެއް ވޮޒީނިއާގެ ފަރާތުން މިރޭ ފެނިގެންދިޔަ އެވެ.

ސްޕެއިންގެ ތަރި ލަމީން ޔަމާލްގެ އަލަތު ވޯލްޑްކަޕުގެ ފުރަތަމަ މެޗަށް އޭނާ އެރީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އަދި ޔަމާލް ދަނޑަށް އެރުމާއެކު ސްޕެއިނަށް ދިރުމެއް ލިބުނުއިރު ދަނޑުގައި ތިބި ސަޕޯޓަރުންގެ ހޫނު ތަރުހީބެއް ލިބިގެންދިޔަ އެވެ.

ބާސެލޯނާއަށް ކުޅޭ ޒުވާން ތަރި ހެމްސްޓްރިންގް އަނިޔާއަކަށްފަހު ފާއިތުވެދިޔަ 8 ހަފްތާ ކުޅުމާ ދުރުގައި ހުރުމަށްފަހު އެނބުރި އައިއިރު މިރޭގެ އަލަތު ވޯލްޑްކަޕް މެޗުގައި ސްޕެއިނަށް ލަނޑެއް ޖަހައިދިނުމަށް ކުރި މަސައްކަތްތައް ކާމިޔާބުވާ ގޮތެއް ނުވި އެވެ.

މިރޭގެ މެޗުގައި ލަނޑެއް ޖަހާ ލީޑު ނަގަން ސްޕެއިނަށް މެޗުގެ ފުރަތަމަ ހާފުގައި ރަނުގެ ފުރުސަތެއް ލިބުނެވެ. މާކް ކުކުރޭލާ ބޮލުން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ފެރާން ޓޮރޭސް ފޮނުވާލި ނަމަވެސް އަމާޒުވީ މަތީ ދަނޑި އަށެވެ.

މީގެ އިތުރުން ދެވަނަ ހާފުގައި ސްޕެއިންގެ މިކެލް އޮޔާޒަބަލްއަށް ލިބުނު ފުރުސަތު ވެސް ކޭޕް ވާޑުގެ ޝެމްރޮކް ރޯވާސް އަށް ކުޅޭ ރޮބާޓޯ ލޮޕޭޒް ވަނީ މެޗުގެ ފަހުކޮޅު ދިފާއުކޮށްފަ އެވެ. މެޗުގެ ފަހުކޮޅު ސްޕެއިނުން އިތުރަށް ހިފާލި ނަމަވެސް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ކޭޕް ވާޑަށެވެ. ޑިނޭ ބޯޖަސް ފޮނުވާލި ހަމަލާ އަމާޒުވީ ކީޕަރު އުނައި ސިމޮންގެ އަތަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355