twitterviber whatsapp telegramfacebookyoutube instagram
11th October 2026

ނަފްސާނީ ދުޅަހެޔޮކަމުގެ ގާނޫނެއް ހަދަނީ

ނަބީލާ އިސްމާޢީލް
Oct 10, 2026

ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއަށް ހާއްސަ ގާނޫނެއް އެކުލަވާލުމާއި، ގައުމީ ފެންވަރުގެ ސިޔާސަތެއް އެކަށައެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ރައީސް ވިދާޅުވީ، ސަރުކާރުން މި މަސައްކަތް ކުރިއަށްގެންދަނީ "މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025–2029" ގެ ދަށުން ކަމަށެވެ. އަދި މި ނިޒާމަކީ ހިދުމަތް ހޯދާ ފަރާތްތަކުގެ އަޑުތަކާއި ތަޖުރިބާތަކުގެ އަލީގައި، ރައްޔިތުންގެ ބޭނުންތަކަށް ރިއާޔަތްކޮށް ބައްޓަންކުރެވިގެންދާނެ ނިޒާމެއްކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިޔާސަތުތަކާއި ގާނޫނީ އޮނިގަނޑު އިސްލާހުކުރުމުގެ އިތުރުން، އަސާސީ ސިއްހީ ހިދުމަތްތަކުގެ ތެރޭގައި ނަފްސާނީ ސިއްހަތު ހިމަނައި، ސަރަހައްދީ ފެންވަރުގަ އާއި ހާއްސަ ހިދުމަތްތައް ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް ކުރެވެމުން އަންނަ ކަމަށެވެ. އަދި ޓެލެ-މެންޓަލް ހެލްތާއި ކާރިސާތަކަށް އިޖާބަދޭ ނިޒާމުތައް ފުޅާކޮށް، ހިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ މައިގަނޑު އަމާޒަކީ ބަލިތަކުން ރައްކާތެރިވުމަށާއި އަވަހަށް ފިޔަވަޅު އެޅުމަށް އިސްކަންދީ، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް އަތްފޯރާ ފަށުގައި ކަށަވަރުކޮށް ދިނުން ކަމަށެވެ. އަދި ކޮންމެ ރަށަކުންނާއި ކޮންމެ މުޖުތަމައަކުން ވެސް އެކަކު އަނެކަކާ ދެކެވޭ އިޚްލާސްތެރި ވާހަކަތަކުން، މިއަށް ވުރެ އޯގާތެރި އަދި އަޅާލާ ދިވެހިރާއްޖެއެއް ބިނާކުރުން ކަމަށް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293